ads
އިންތިހާބަށް ޑިމޮކްރެޓްސްގެ ތަރުޖަމާނަކީ ވައްޑެ
މަޖިލިސް އިންތިހާބަށް ޑިމޮކްރެޓްސްގެ ތަރުޖަމާނަކަށް އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ހަމަޖައްސައިފިއެވެ.

އަންނަ މަޖިލިހަށް ޑިމޮކްރެޓްސް އިން 41 ދާއިރާއަކަށް ވާދަކުރެއެވެ. މަޖިލިސް އިންތިހާބުގައި އެއްޕާޓީއަކުން އެންމެ ގިނަ އަންހެން ކެންޑިޑޭޓުން ވާދަކުރަނީ ޑިމޮކްރެޓްސްއިންނެވެ. އެޕާޓީން 13 އަންހެން ކެންޑިޑޭޓުން މަޖިސް ރޭހަށް ވަނީ ނިކުމެފައެވެ. 

ޑިމޮކްރެޓްސްއިން މަޖިލީހަށް ނުކުންނަ މެމްބަރުންގެ ތެރޭގައި މިހާރު މަޖިލިސް ތަމްސީލު ކުރައްވާ އެޕާޓީގެ ހުރިހާ މެމްބަރުންހެން ހިމެނެއެވެ. އަދި ދާދިހަހުން ބޭއްވި މޭޔަރު އިންތިހާބުގައި ވާދަކުރެވި ސައިފް ފާތިހްވެސް މަޖިލީހަށް މިފަހަރު ޑިމޮކްރެޓްސްގެ ޓިކެޓްގައި ނުކުންނަވައެވެ.

ޕާޓީތަކުން ކެނޑިޑެޓުން ނޭރޭ އަދަދުތައް 

  • ޕީޕީއެމް / ޕީއެންސީ 90 ކެންޑިޑޭޓުން 
  • އެމްޑީޕީ 89 ކެންޑިޑޭޓުން 
  • ޑިމޮކްރެޓްސް 41 ކެންޑިޑޭޓުން 
  • ރައީސް ޔާމީންގެ ޕީއެންއެފް އިން 49 ކެންޑިޑޭޓުން 
  • އަދާލަތުން 4 ކެންޑިޑޭޓުން 
  • ޖުމްހޫރީ ޕާޓީން 10 ކެންޑިޑޭޓުން 

މިފަހަރު މަޖިލިސް އިންތިހާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް ޕީއެންސީނެވެ. އެ ކޯލިޝަނުން ޖުމްލަ 90 ދާއިރާއަށް ވާދަކުރެއެވެ. ޕީޕީއެމް / ޕީއެންސީ ވާދަނުކުރަން ނިންމީ ތިން ދާއިރާއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވާދަކުރައްވާ މާމިގިލީ ދާއިރާއާ، އެމްޑީއޭ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވާދަކުރައްވާ ދ. މީދޫ ދާއިރާ އާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާއެވެ.

 

 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް