މިއަދު ކުޅުނު ފައިނަލް މެޗު މަސްއޮޑިން ކާމިޔާބު ކުރީ ތިން ލަނޑު ދެ ލަނޑުންނެވެ. ފައިނަލުގެ ޖާގަ އަކާ އެކު ވިކްޓަރީ އާއި މަސް އޮޑި އަށް ވެސް ވަނީ އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބިފަ އެވެ. ވމިދިޔަ ސީޒަނުގެ ތިން ވަނަ ޑިވިޝަނުގެ ރަނަރަޕްގެ ގޮތުގައި، ދެ ވަނަ ޑިވިޝަނުގައި އަލަށް ކުޅުނު މަސް އޮޑިން ދެ ވަނަ ޑިވިޝަން ތަށި މި ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ.
ދެވަނަ ޑިވިޝަން މުބާރާތުގެ ފެއާޕްލޭ ޓީމަކީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ނިއުގެ ގާނާ ފޯވާޑް، ކޯފީ އޮވޫސޫ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ މަސް އޮޑި ޓީމުގެ އިސްލާމް ފިކްރީ އެވެ.