ads
ކޮސޯވޯގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
ކޮސޯވޯގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވަވައިފި އެވެ.

ކޮސޯވޯގެ 16 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ކޮސޯވޯގެ ރައީސް ވިޔޯސާ އޮސްމާނީއަށާއި، ބޮޑުވަޒީރު އަލްބީން ކުރްތީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފި އެވެ

އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، އެމަނިކުފާނު ވަނީ ކޮސޯވޯގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ރައީސް ވަނީ އެ ބޭފުޅުންނައް އަރިސް ކުރައްވާފައި އެވެ.

ރައީސް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ކޮސޯވޯގެ ރައީސަށާއި ބޮޑުވަޒީރަށް، ދުޅަހެޔޮ ސިއްހަތާއި އުފާފާގަތިކަމަށް އެދިވަޑައިގަންނަވައި، ކޮސޯވޯގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވައި، އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގެންފަ އެވެ.

ކޮސޯވޯއިން މިނިވަންކަން އިއުލާނުކުރީ 17 ފެބްރުއަރީ 2008 ވަނަ އަހަރު އެވެ. 

ކޮސޯވޯ ފާހަގަ ކުރެއްވިފައިވަނީ އެންމެ ފަހުން މިނިވަންވި ގައުމުތަކުގެ ތެރެއިން އެއް ގައުމުގެ ގޮތުގައި އެވެ.

ކޮސޯވޯ މިނިވަންކަން އިއުލާނުކޮށް ވަކި ދައުލަތެއްގެ ގޮތުގައި އެ ގައުމު ބަލައިގަންނަން އެދުމުން ދުނިޔޭ ވަރަށް ގިނަ ބޮޑެތި ގައުމުތަކުން އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ. 

ނަމަވެސް ޔޫއެންގެ ކޯޓުން ވަނީ ކޮސޯވޯއިން އެއްވެސް އިންޓާނޭޝިނަލް ގަނޫނަކާއި ހިލާފަ ވެފައި ނުވާތީ އެގައުމުގެ މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމާ އެކަން އިއުލާނުކޮށްފައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް