ads
ރޯދަ އެލަވަންސް ދިނުމަށް ލޭބާ ރިލޭޝަންއިން ހަނދާން ކޮށްދީފި
ރޯދަ މަސް ފެށުމުގެ ކުރިން ކުންފުނިތަކުގައި މަސައްކަތް ކުރާ ދިވެހި ރައްޔިތުންނަށް ރޯދަ އެލަވަންސް ދިނުމަށް ލޭބާ ރިލޭޝަން އޮތޯރިޓީ (އެލްއާރްއޭ)އިން ކުންފުނިތަކަށް ހަނދާންކޮށްދީފިއެވެ.

އެލްއާރްއޭއިން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި ވާގޮތުގެ މަތިން، ރޯދަ މަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް 3000 ރުފިޔާ ދޭންވާނެ ކަމަށެވެ. އެހެން ނަމަވެސް ވަޒީފާ ދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ނުދޭކަމާއި، އިނާޔަތް ދިންކަމުގައި ވިޔަސް ގާނޫނުގައި ބަޔާންކޮށްފައިވާ ވަރަށް ދީފައި ނުވާކަން މީގެ ކުރިންވެސް ފާހަގަކުރެވިފައި ވާކަމަށެވެ.

އެހެންކަމުން، ވަޒީފާ ދީގެން މުވައްޒަފުން ގެންގުޅޭ ފަރާތްތަކުން 1445 ވަނަ އަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ މަހުގެ އިނާޔަތް ދިނުމަށް އެ އިދާރާއިން ހަނދާންކޮށްދޭކަމަށް އިއުލާނުގައި ވެއެވެ.

ވަޒީފާއާއި ބެހޭ ގާނޫނުގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭންވާނެކަމަށެވެ. އެމާއްދާގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދިނުމަކީ ވަޒީފާ ދޭ ފަރާތަށް އިހްތިޔާރު ލިބިގެންވާ ކަމެއްކަމަށެވެ.

ވަޒީފާއާބެހޭ ގާނޫނު ބުނާގޮތުގައި ރޯދަ އެލަވަންސް ނުދީފިނަމަ އެ ކަމަށް ނަސޭހަތްތެރިވެ، އެ ކަން ތަކުރާރުވެެއްޖެ ނަމަ 5000އާ 50،000އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.

އަދި ވަޒީފާ ދޭ ފަރާތްތަކަށް ސަރުކާރުންދޭ ހުއްދަ ބާތިލުކުރުން ފަދަ ފިޔަވަޅުތައް ވެސް އެޅިދާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް