ads
އިންޑިއާގެ ނޫސްތަކުން ރާއްޖެއާ ބެހޭގޮތުން ދޮގު ހަބަރު ފަތުރަނީ
ދިވެހިރާއްޖެ ބަނގުރޫޓުވެ އައިއެމްއެފްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ފަތުރަމުންދާ ހަބަރުތައް ސަރުކާރުން ދޮގުކޮށްފި އެވެ.
Advertisement

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސޯދު ބޮއްސުންލައި އައިއެމްއެފްގެ މާލީ އެހީއަށް އެދެމުންދާ ކަމުގަ އެވެ. އަދި ރާއްޖޭގެ ބައެއް ނޫސްތަކުން ވެސް ވަނީ މި ހާލަތުން އަރައިގަތުމަށް އައިއެމްއެފްގެ "ބޭންކްރަޕްސީ ޕްރޮގްރާމް" އަށް ރާއްޖެއިން ވަނުމަށް ނިންމާފައިވާ ކަމަށް ބުނެ ހަބަރު ފަތުރާފަ އެވެ.

ބައެއް ނޫސްތަކުގައި ބުނެފައިވަނީ ސަރުކާރުން ހުށަަހެޅީ 700 މިލިއަން ޑޮލަރުގެ ޕެކޭޖަކަށް ކަމަށެވެ. އަދި އޭގެތެރެއިން 400 މިލިއަން ޑޮލަރު އެޑްވާންސްކޮށް ދިނުމަށް ސަރުކާރުން އެދިފައިވާ ކަމަށް ވެސް ރިޕޯޓް ކޮށްފައިވެ އެވެ. ނަމަވެސް އެ ޕެކޭޖް ދިނުމަށް އައިއެމްއެފްއިން ތައްޔާރު ނޫން ކަމަށާއި، އެ އެހީ ނުލިބިއްޖެ ނަމަ މުވައްޒަފުންނަށް މުސާރަ ވެސް ނުދެވި އިގްދިސޯދީ ކާރިސާއެއް ކުރިމަތިވާނެ ކަމަށް ބުނެ ނޫސްތަކުން ވަނީ ހަބަރު ފަތުރާފަ އެވެ.

މިކަމާ ގުޅިގެން ސަރުކާރުން ބުނީ އައިއެމްއެފްގެ އެ ޕްރޮގްރާމްގައި ރާއްޖެ ބައިވެރިވާން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެއީ ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ އަގު ވައްޓާލާ، އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލަން ކުރާ މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެ އެވެ.

މީގެއިތުރުން ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހްމަދު މުނައްވަރު އިސްތިއުފާ ދެއްވަން އުޅުއްވާ ކަމަށް ވެސް އިންޑިއާގެ ނޫހަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ހަބަރު ވެސް ދޮގު ކޮށްފަ އެވެ.

ސަރުކާރުން ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ގައުމު އޮތީ އިގްތިސޯދީ އަނދަވަޅެއްގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އެ އަނދަވަޅުން އަރައިގަނެ، އަވަސް މުސްތަގުބަލެއްގައި ރާއްޖޭގެ އިގްތިސޯދު ހަރުދަނާ ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ސަރުކާރުން ފާހަގަ ކުރެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް