ads
ސްކައުޓް ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ފަހި މާހައުލެއް ބިނާކޮށްދޭނަން: ނައިބު ރައީސް
ސްކައުޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، ސްކޫލުތަކުގައި ފަހި މާހައުލެއް ބިނާކުރުމަށް މި ސަރުކާރުން އިތުރަށް މަސައްކަތް ކުރައްވާނެކަމުގައިވެސް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްވިދާޅު ވެއްޖެ އެވެ.

ސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާ ބައްދަލުކުރުމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ރާއްޖެއަކީ އެކުވެރި، އެއްބައިވަންތަ، އަހުވަންތަކަމުގެ ގުޅުންތަކުން ބަނދެވިފައިވާ ގައުމަކަށްވާއިރު، ސްކައުޓް ފަދަ ހަރަކާތްތަކަށް އިސްކަންދިނުމަކީ ނުހަނު މުހިންމުކަމެއް ކަމަށާއި ސްކައުޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، ސްކޫލުތަކުގައި ފަހި މާހައުލެއް ބިނާކުރުމަށް މި ސަރުކާރުން އިތުރަށް މަސައްކަތް ކުރައްވާނެކަމަށެވެ.

your imageސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ސްކައުޓް

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މި ޖަމްބޮރީގައި ބައިވެރިވާ ސްކައުޓުން ގައުމު ފަޚުރުވެރިވާފަދަ ރީތިނަން ހޯދައިދިނުމަށް ބާރު އަޅުއްވާފައެވެ. އަދި ބޭރު ޤައުމުތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރާއިރު ގައުމުގެ އަގު ހިފެހެއްޓުމަކީ ނުހަނު މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ ޖަމްބޮރީ ތެރޭގައި ސްކައުޓުން ހަރަކާތްތެރިވާއިރުވެސް ރިވެތި އަހުލާގާއި، ސުލޫކުން ނަމޫނާ ދައްކައި، އެކުވެރިކަމާއި، ބަދަހިކަންމަތީ ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ނަމާދަށް ފަރުވާތެރިވެ، ވަގުތަށް ކަމޭހިތައި، އިސްވެރިންނަށް އިހުތިރާމުކުރާ ބަޔަކަށްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

your imageސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ސްކައުޓުން--

އަދި ސްކައުޓް ޖޮމްބޮރީ ފަދަ ހަރަކާތްތައް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ލީޑަރުން ކުރައްވާ މުހިންމު، އަގުހުރި މަސައްކަތްތައް ފާހަގަ ކުރައްވާ، އެބޭފުޅުން ދިވެހި މުޖުތަމަޢު ހަރުދަނާކުރުމަށް ކުރައްވާ ހިދުމަތްތަކަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފަވެއެވެ.

ސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ދިވެހިރާއްޖެއިން 242 ސްކައުޓުން ބައިވެރިވެއެވެ. މި ޖަމްބޮރީއަށް ލަންކާއަށް ޖަމާވާ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ޖަމާއަތަކީ ދިވެހި ސްކައުޓުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް