ads
އިގުތިސާދާބެހޭގޮތުން ބިރުވެރިކަން އުފަންދަން ދަނީ ދޮގު ވާހަކަ ފަތުރަމުން: މިނިސްޓްރީ
އިގުތިސާދާ މެދު ބިރުވެރިކަން އުފަންދަން ދަނީ ދޮގު ވާހަކަތައް ފަތުރަމުންކަމަށާއި މި ވާހަކަތަކަކީ އެއްވެސް ވަރަކަށް ހަގީގަތެއް ހުރި ވާހަކައެއް ނޫންކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ރާއްޖޭގެ އިގުތިސާދާ މެދު ދޮގު ވާހަކަތައް ފަތުރާ ކަމަށް ބުނެ މިއަދު އިކޮނޮމިކް މިނިސްޓްރީން ނެރުން ނޫސް ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ބޭންކިން އަދި ޕަބްލިކް ފައިނޭންސިން ނިޒާމާ މެދު އާންމުންގެ ހިތުގައި ބިރުވެރިކަން އުފައްދޭ ފަދަ ގޮތަކަށް ބަޔަކު ވާހަކަ ފަތުރަމުން އަންނަ ކަމަށާއި މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"މި ވާހަކަތަކަކީ އެއްވެސް ވަރަކަށް ހަގީގަތެއް ހުރި ވާހަކައެއް ނޫންކަމަށާއި މިއީ ރާއްޖޭގެ އިގުތިސާދުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުވުމަށް ބަޔަކު ކުރަމުން އަންނަ ފިނޑި އަދި ނާތަހުޒީބީ އަމަލެއް،" އެ ނޫސް ބަޔާނުގައި ވެއެވެ.

ރައްޔިތުން ބޭނުންވާ ފަދަ ގޮތަކަށް ރާއްޖޭގެ ބޭންކިން ނިޒާމް ބެހެއްޓުމަށް ކުރެވެން ހުރި މަސައްކަތެއް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭންކިންގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުގެ ފަރާތުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އެއްވެސް ވަރަކަށް ހުއްޓުމެއް ނެތި ބާރަށް ކުރިޔަށް ގެންދާނޭ ކަމުގެ ޔަގީން ކަން ރައްޔިތުންނައް ދޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އެ ނޫސް ބަޔާނުގައި ވާ ގޮތުން ދިވެހި ރާއްޖޭގެ އިގްތިސާދު އިތުރަށް ފުރިހަމަކޮށް ވަރުގަދަ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކެއް ސަރުކާރުން އެއްވެސް ފަސްޖެހުމެއް ނެތި ކުރަމުން އަންނާނެކަމަށާއި ސަރުކާރާއި ހަވާލުވި އިރު ދިމާވެފައިވާ އިކޮނޮމިކް ވަޅުގަނޑުން އަރައިގަންނަން ކުރަމުން އަންނަ މަސައްކަތް ވަރަށް ފުރިހަމަ ކަމާއި އެކު ކުރިޔަށް ދާ ކަމުގައެވެ. އަދި ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު ދަނީ ރަނގަޅުވަމުން ކަމުގައި ވެސް އެމިނސްޓްރީން ބުނެ އެވެ.

"ދިވެހި އިގްދިސާތައް ގެއްލުންދޭ އަދި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ދޮގު ހަބަރުތައް ފެތުރުމަކީ އެއްވެސް ބަޔަކު ކޮށްގެން ވާނެ ކަމަށް ނޫން. މި ފަދަ އަމަލުތައް ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރަންމ" މިނިސްޓްރީން ބުނި އެވެ.

އެ މިނިސްޓްރީން މި ފަދަ ބަޔާނެއް ނެރެފައިވާ އިރު ސޯޝަލް މީޑިއާގައި ދިވެހި ރާއްޖެ ބަނގުރޫޓުވަމުން އަންނަ ކަމަށް ބުނެ އަޑު ދަނީ ފެތުރެމުންނެވެ.

މީގެ އިތުރުން ދިވެހިރާއްޖެ ބަނގުރޫޓުވެ އައިއެމްއެފްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް ދިވެހި ސަރުކާރުން ވަނީ މި ހަބުރުތައް ދޮގުކޮށްފަ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސޯދު ބޮއްސުންލައި އައިއެމްއެފްގެ މާލީ އެހީއަށް އެދެމުންދާ ކަމުގަ އެވެ.އަދި ރާއްޖޭގެ ބައެއް ނޫސްތަކުން ވެސް ވަނީ މި ހާލަތުން އަރައިގަތުމަށް އައިއެމްއެފްގެ "ބޭންކްރަޕްސީ ޕްރޮގްރާމް" އަށް ރާއްޖެއިން ވަނުމަށް ނިންމާފައިވާ ކަމަށް ބުނެ ހަބަރު ފަތުރާފަ އެވެ.

ބައެއް ނޫސްތަކުގައި ބުނެފައިވަނީ ސަރުކާރުން ހުށަަހެޅީ 700 މިލިއަން ޑޮލަރުގެ ޕެކޭޖަކަށް ކަމަށެވެ. އަދި އޭގެތެރެއިން 400 މިލިއަން ޑޮލަރު އެޑްވާންސްކޮށް ދިނުމަށް ސަރުކާރުން އެދިފައިވާ ކަމަށް ވެސް ރިޕޯޓް ކޮށްފައިވެ އެވެ.      

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް