ads
ގައުމީ އިނާމު ކޮމިޓީ އަށް ބަދަލެއް ޗެއާ އަކަށް ކަށިމާ ޝާކިރު މެމްބަރަކަށް ބަދުރު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާޕާސަންގެ މަގާމަށް އަލްއުސްތާދް ކަށިމާ އަހްމަދު ޝާކިރު އައްޔަން ކުރައްވައިފިއެވެ.

ކަށިމާ އެމަގާމަށް  އައްޔަންކުރެއްވީ، ކޮމިޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަހްމަދު ސިއްހީ ސަބަބުތަކަކަށްޓަކައި އިސްތިޢުފާ ހުށަހެޅުއްވުމާ ގުޅިގެންނެވެ.

އަނީސާ އަހްމަދުގެ އިސްތިޢުފާ ގަބޫލުފުޅުކުރައްވައި، އެ ކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކުގައި ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށްޓަކައި އެ ކަމަނާއަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.

މި ބަދަލުގެ އިތުރުން، ޤައުމީ އިނާމާބެހޭ ކޮމިޓީގެ މެންބަރު ކަމުގައި ހުންނެވި ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މާފަންނު މަހްމާވިލާ އިބްރާހީމް އިސްމާއީލް އަލީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ކަމުގެ މަގާމަށް 14 ޑިސެންބަރު 2023 ގައި އައްޔަން ކުރެއްވުމާ ގުޅިގެން، އިބްރާހީމް އިސްމާއީލްގެ ބަދަލުގައި، އެކޮމިޓީގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭފުޅަކު އައްޔަންކުރައްވާފައެވެ. އެ ބޭފުޅަކީ، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މައްޗަންގޮޅި ވިލުވެލި ބަދުރުއްނަޞީރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް