އޯއާރްއާރްއޭއޭއަކީ ކަނޑު ފަޅުގެ ރައްކާތެރިކަމާއި ގޮނޑުދޮށް ސަރަހައްދުގައި ދިރިއުޅޭ ކޮމިއުނިޓީތަކުގެ ތަރައްގީއަށް އިންވެސްޓްމެންޓް ހޯދުމަށް މަސައްކަތްކުރާ ބައިނައްލަގުވާމީ ޖަމިއްޔާއެކެވެ.
2030 ގެ ނިޔަލަށް އެފަދަ ސަރަހައްދުތަކަށް 500 މިލިއަން ޑޮލަރު އިންވެސްޓުކުރުމަކީ އޯއާރްއާރްއޭއޭގެ މަގުސަދެވެ.
އެ ޖަމިއްޔާއިން ވަނީ ކުރީގެ މިނިސްޓަރު ޝައުނާއަށް މަރުހަބާ ކިޔައިފަ އެވެ. އަދި ފާއިތުވެދިޔަ އަހަރުތަކުގައި ތިމާވެށީގެ ދާއިރާއަށް ޝައުނާ ކުރެއްވި ހިދުމަތް އޯއާރްއާރްއޭއޭއިން ވަނީ ފާހަގަކޮށްފަ އެވެ.
ޝައުނާ ވަނީ 2021 އިން 2023 އާއި ހަމައަށް ރާއްޖޭގެ މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މަގާމު އަދާކުރުމުގެ އިތުރުން، 2018 އިން 2021 އަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުވެސް އަދާކޮށްފައެވެ.