ads
އިންތިހާބުގެ ކުރިން، މާޗް5އަކަށް މަސްވެރިންނަށް ފައިސާ ދޭނަން: ޝިޔާމް
އަންނަމަހުގެ 5 ވަނަދުވަހުގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދޫކޮށް ނިންމަވާނެކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާގެ އަދަދު އިއްޔެ ނިޔަލަށް ހުރީ 298 މިލިއަންގައި ކަމަށެވެ. އަދި ސަރުކާރުން މސައްކަތް ކުރަނީ އެ ފައިސާ މި އަންނަ މަހުގެ 5ގެ ކުރިން ދިނުމަށްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެ ވުޒާރާއިން މިހާރު ސަރުކާރުން އަގަށް ގެނެސްފައިވާ ބަދަލާއި އެކު މަސްވެރިން ކިރާ މަހަށް ހަފްތާއަކު އެއް ފަހަރު ފައިސާ ދޫކުރަމުން ގެންދަވާނެކަމަށެވެ. 

ވަޒީރު ޝިޔާމް މިހެން ވިދާޅުވިއިރު މަސްވެރިން ކިރި މަހަށް ފައިސާ ނުލިބޭކަމަށް ބުނެ މަސްވެރިން ދަނީ ކޫއްޑޫގައި މަސް ފެކްޓަރީގައި މުޒާހަރާކުރަމުންނެވެ.   

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ ނުދީ އޮތްކަމަށް ޝިޔާމް ވަނީ ކުރިން ވިދާޅުވެފައެވެ. އަދި މަސްވެރިން ކްރެޑިޓަށް ނަގާފައިވާ ތެލާއި އައިސް ހިމެނޭހެން މިހާތަނަށް 422 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ. 

 ޝިޔާމް ކުރީ ސަރުކާރާ ގުޅުވާ ދެއްކެވި ވާހަކަތައް ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވަނީ ދޮގުކުރައްވާފައެވެ އަމީރު ވިދާޅުވީ ޝިޔާމް ހެއްދެވީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. މިދިޔަ ސަރުކާރުގެ އެންމެ ފަގު ދުވަސް 16 ނޮވެމްބަރުގެ ނިޔަލަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ސަރުކާރުގައި މިފްކޯއިން މަސްވެރިންނަށް ދައްކަންޖެހޭ އަދަދަކީ 185 މިލިއަން ރުފިޔާކަމަށެވެ.

ސަޕްލިމެންޓްރީ ބަޖެޓް ފާސްވުމާއެކު ކުރީ ސަރުކާރުން ފައިސާ ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެއްސެވިކަމަށާއި މަސްވެރިންނަށް ފައިސާ ދޭން މިފްކޯ އަށް 100 މިލިއަން ރުފިޔާ އާ ސަރުކާރަށް ހަމަޖައްސައިދީފައިވާނެ ކަމަށްވެސް އަމީރު ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް