ads
ދަރަވަންދޫ ބަނދަރަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންދިއުން - ފޮޓޯ: އެމްޓީސީސީ
ދަރަވަންދޫ ބަނދަރަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި
ބ. ދަރަވަންދޫ ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފި އެވެ.

އެމްޓީސީސީން ބުނީ ދަރަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

ދަރަވަންދޫ ބަނދަރުގެ މަސައްކަތުގެ ތެރެއިން އާ ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 51 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ ދަށުން، 30,504 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1843 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4126 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ރޭމްޕް އޭރިއާ ފުންކުރުމާއި، 2301 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެ އެވެ.

އަދި 352 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 83 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 248 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 24 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 140 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން ވެސް މި މަޝްރޫއުހެ ތެރޭގައި ހިމެނެ އެވެ.

މީގެއިތުރުން 2104 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ މި މަޝްރޫއަކީ 55.48 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް