އެމްޓީސީސީން މިއަދު ބުނީ ރަތަފަންދޫ ގޮންޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.
އަދި އެ މަޝްރޫއުގެ ތެރެއިން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 48 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މި މަޝްރޫއުގެ ދަށުން، 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 240 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި، 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެ އެވެ.
ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 26.27 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.