ads
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
އެމްޑީޕީން ވަކިވީ ގައުމު ހަލަބޮލި ކުރުމާ ދެކޮޅު ހެދުމުގެ ގޮތުން: މަވޯޓާ
އެމްޑީޕީން ވަކިވީ އެ ޕާޓީގެ ލީޑަޝިޕުން ގައުމު ހަލަބޮލި ކުރުމަށް ރާވާ ރޭވުންތަކާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރުއްޔީ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ޕީޕީއެމް-ޕީއެންސީ ކޯލިޝަނާ ގުޅުނީ ވަރަށް ރަނގަޅަށް ވިސްނަވާފައި ކަމަށާއި، އެކަމުގެ ސަބަބުން މަޖިލިހުގެ މެންބަރުކަން ގެއްލުނަސް އެންމެ ރަނގަޅު ކަމަށް ވިސްނެވި ކަމަށެވެ.

އެގޮތުން ޝަރީފް ކުރިން ހުންނެވި އެމްޑީޕީގެ އިސް ބޭފުޅުން ރާއްޖެ ހަލަބޮލިކޮށް، ގައުމުގައި ހުޅު ރޯކޮށްލަން ރޭވުންތަކެއް ރާވަން ފެށި ކަމަށް އޭނާ ސިފަކުރެއްވި އެވެ. އެހެންކަމުން އެ ރޭވުންތަކާމެދު ނުރުހުންވެ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އެ ޕާޓީ ދޫކޮށްލަން ނިންމެވީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ގައުމު ހަލަބޮލިކޮށް، މި ގައުމުގަ ހުޅުރޯކޮށްލަން އެމްޑީޕީގެ މިއަދުގެ ލީޑަށިޕުން ރާވާ ރޭވުމާ ނުރުހުންވެ އިދިކޮޅުހަދާ އެކަމަށް ޖަދަލު ކުރުމުގެ ގޮތުން" އެމްޑީޕީން ވަކިވި ސަބަބު ބަޔާން ކޮށްދެއްވަމުން ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން އައްޑޫގައި ހުރި ސަރުކާރުގެ އިމާރާތްތަކާއި، ރައްޔިތުންގެ މުދަލާއި ލިޔުންތަކުގައި ރޯކޮށްލި މަންޒަރު ދެކެފައިވާ ކަމަށެވެ. 

"އަޅުގަނޑު ދުށިން މިރަށުގައި ހުރި ސަރުކާރުގެ އިމާރާއްތަކުގައި، އަޅުގަމެޑުމެންގެ ތަރިކަ މުދަލުގައި، އަޅުގަނޑުމެންގެ ދަރިންގެ ބާތް ސެޓްފިކެޓްތަކުގައި، އަޅުގަނޑުމެންގެ މައިންބަފައިން، ކާފަދަރިންގެ ސެޓްފިކެޓްތަކުގައި، އަޅުގަނޑުމެންގެ އާއިލީ ވާރުތަ މުދަލުގެ ލިޔުންތަކުގައި، ހިބަ ފަތްތަކުގައި ބަޔަކު ރޯކޯށްލި މަންޒަރު." ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް ދެން އެފަދަ ކަމެއް ތަކުރާރުވާން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އައްޑު އަތޮޅާއި މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ އުއްމީދުތައް ވެސް ހާސިލް ކޮށްދެވޭނެ ފަދަ ވެރިއަކު ގައުމުގައި ހުރިކަމަށް ވާނަމަ، އެ ވެރިއަކީ ރައީސް ޑރ. މުއިއްޒު ކަމަށް ވިދާޅުވެ، ޝަރީފް ވަނީ އެ މަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މަޖިލިހުގައި މަރަދޫ ދާއިރާގެ ގޮނޑި ތަމްސީލް ކުރައްވަމުން ގެންދެވި ޝަރީފް އެ ޕާޓީން ވަކިވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް