ads
އައްޑޫ މިސްކިތައް ހަދަން ފައިސާދޭން ނިމިކަން ޝަހީމް ހާމަކޮށްފި،ދިމާވީ ރައީސް އައްޑޫ ދަތުރާ
އައްޑޫ ސިޓީގެ މިސްކިތްތައް މަރާމާތުކުރުމަށް މިއަހަރު 1.5 މިލިއަން ރުފިޔާ ހަރަދުކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް މިހެން ވިދަޅުވެފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކުނަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް އެމަނިކުފާނު އައްޑޫ ސިޓީއަށް ވަޑައިގަތުމުންނެވެ. 

ޝަހީމް ވިދާޅުވީ އައްޑޫ ސިޓީގެ 68 މިސްކިތެއް އިމާރާތްކުރުމަށް މިއަހަރު ނިންމާފައިވާކަމަށެވެ. އަދި އެކަމަށް 1.5 މިލިއަން ހަރަދުކުރަން ނިންމާފައިވާކަމަށާއި އެ ފައިސާ ހަރަދުކުރާނީ މިސްކިތް ފަންޑުންކަންވެސް ވަޒީރު ފާގަގަކުރެއްވިއެވެ. 

"މިއީ މިހާތަނަށް އައްޑޫގެ މިސްކިތްތައް މަރާމާތަށް ރާއްޖޭގެ ސަރުކާރަކުން އެއްފަހަރާ ކުރާ އެންމެ ބޮޑު ހޭދަ." ވަޒީރު ޝަހީމް ވިދާޅުވިއެވެ،

ވަޒީރު ޝަހީމް ވިދާޅުވީ މިސްކިތް އިމާރާތްކުރަން ބޭނުންވާ ފައިސާ ހަރަދު ކުރާނީ ކައުންސިލް މެދުވެރިކޮށްކަމަށެވެ. އަދި އައްޑޫ ސިޓީ އިސްލާމިކް ސެންތަރުގެ މަސައްކަތް ސްޕީޑު އަވަސްކޮށް އަންނަ މޭ މަހަށް ނިންމާނެކަމަށް ޝަހީމް ވިދާޅުވިއެވެ. 

ހިލޭ އެހީގެ ދަށުން މިސްކިތްތައް އިމާރާތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. އެ މަސައްކަތުގެ ދަށުން މިދިޔަ މަހު ވަނީ 4 މިސްކިތެއް އެޅުމަށް އަމިއްލަ ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް