ads
ކުޑަކުއްޖަކަށް ނަފްސާނީ ގޯނާ ކުރާތަން ދައްކުވައިދޭ މަންޒަރެއް - ފޮޓޯ: ވެރީވެލް ފެމިލީ
ކުޑަކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް
ކުޑަ ކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގައި 15 އަހަރަށް ޖަލަށްލާން ހުކުމްކުރީ، އަބްދުލްއަޒީޒް އާދަމް ކިޔާ މީހެކެވެ. އެ މީހާގެ މައްޗަށް ހުކުމް ކުރީ، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރެ، އެ ކުޑަ ކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތު ވެގެންނެވެ. 

ޚުމި ކުށުގެ އުގޫބާތެއްގެ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އަބްދުލްއަޒީޒު އާދަމް 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރީ ބުދަ ދުވަހުއެވެ.

2020 ވަނަ އަހަރުގެ މި މައްސަލައަކީ ކުޑަ ކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، މައްސަލައިގެ ތަފްސީލް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީވެސް އާއްމުކޮށް ހުޅުވައިނުލަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް