ads
ޖާބިރުގެ އެކައުންޓްތައް ފްރީޒްކޮށްފި
ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އެކައުންޓްތައް ޕްރީޒްކޮށްފިއެވެ.

ސިވިލްކޯޓުން ޖާބިރުގެ އެކައުންޓްތައް ފްރީޒްކުރަން އަމުރު ނެރުނީ އަމިއްލަ ފަރާތަކުން ޖާބިރާއި ދެކޮޅަށް ފައިސާ ހޯދަން ދައުވާކުރި މައްސަލައެއްގައެވެ. 

އެމީހާ ޖަބިރާއި ދެކޮޅަށް ދައުވާކުރީ އޭނާއަށް ޖާބިރު ދޭންޖެހޭކަމަށް ބުނާ 6 ލައްކަ ޑޮލަރު ހޯދުމަށް ގުޅުމުން އެ ފައިސާ ނުދޭނެކަމަށްް ބުނެ ހަޑިހުތުރު ބަހުން އެއްޗެއްހި ކިިޔުމުންނެވެ. 

ކޯޓުގައި އަމުރުގައި ބުނެފައިވަނީ ޖާބިރުގެ ނަމުގައި ރާއްޖޭގައި ހުރި ހުރިހާ ބޭންކުތަކެއްގައި ހުޅުވާފަައިވާ އެކައުންޓްތައް ފްރީޒްކުރަން އަމުރުކުރާކަމަށެވެ. އަދި އެގޮތަށް ނިންމީ އެ އެކައުންޓްތައް ފްރީޒް ނުކޮށްފިނަމަ އެ ކައުންޓްތަކުގައިވާ ފައިސާ އެހެން އެކައުންޓްތަކަށް ބަދަލުކޮށް އެ ފައިސާ ޓްރޭސް ނުކުރެވޭގޮތަށް ހެދުމުގެ ފުރުސަތު އޮތުމުންކަމަށެވެ.

ޖާބިރުގެ އަމިއްލަ އެކައުންޓްތަކުގެ އިތުރުން އޭނާގެ ހިއްސާ އޮންނަ ދެ ކުންފުންޏެއްގެ އެކައުންޓްތައްވެސް ފްރީޒްކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.  

އަންނަ ރައްޔިތުން މަޖިލީހަށް އަމިއްލަ ގޮތުން ޖާބިރު ވާދަކުރައްވަން ވަނީ ނިންމަވާފައެވެ. ޖާބިރު ވަނީ އެމްޑީޕީގެ ޕްރައިމެރީގައި ވާދަކޮށް އެޕާޓީގެ ޓިކެޓް ކަށަވަރުކޮށްފައެވެ. އެހެންނަމަވެސް ޖާބިރުގެ އަނގަ ހަޑިކަމުން އެ މައްސަލަ ބެލުމަށްފަހު އެމްޑީޕީން ވަނީ ޖާބިރު އެޕާޓީން ވަކިކޮށްފައެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް