ރަޝްފޯޑް ބޭނުންވާ ކަމަށް ޕީއެސްޖީގެ އިޝާރާތެއް ކުރިންވެސް ކޮށްފައިވަނިކޮށް، އެމްބާޕޭ ދެން އެ ކްލަބުގައި މަޑު ނުކުރާނެކަން ރަސްމީކޮށް އެންގުމާއެކު ޕީއެސްޖީންވަނީ ރަޝްފޯޑް ހޯދުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަޝްފޯޑްވެސް މި ސީޒަންގެ ފަހުން ޔުނައިޓެޑުގައި މަޑުކުރާކަށް ބޭނުމެއް ނުވެއެވެ.
ޕީއެސްޖީން ރަޝްފޯޑް ޝޯޓްލިސްޓްކޮށްފައިވާއިރު، އެމްބާޕޭ ދާނެ ކަމަށް ބެލެވެނީ ރިއާލް މެޑްރިޑަށެވެ.