ޖަރުމަން ލީގުގައި ބޯކަމްއާ ދެކޮޅަށް ކުޅުނު މެޗުން ބެޔާން މިއުނިކް ރޭ ބަލިވީ ތިން ލަނޑު ދެ ލަނޑުންނެވެ.
މިދިޔަ ހަފްތާ ބަންދުގައި ލީގު ބެޔާ ލެވަކޫސަން އަތުން 3-0 އިން ބަލިވި އިރު، ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ލާޒިއޯ އަތުންވެސް ބަލިވިއެވެ. މިއީ 2015 ވަނަ އަހަރަށް ފަހު ބެޔާން މިއުނިކް ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
ރޭ ބެޔާން މިއުނިކް ބަލިވިއިރު، އިގިރޭސި ކެޕްޓަން ހެރީކޭންވަނީ ލަނޑު ޖަހާފައެވެ. އެ ގޯލަކީ، ބެޔާން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ޖެހި ހަމައެކަނި ގޯލެވެ.