މިއަދު ރައީސް ޑރ. މުއިއްޒު އައްޑޫ ސިޓީގެ ހުޅުދޫ މީދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވަން ބޭއްވި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ މި ބްރިޖުގެ ވާހަކަ އަކީ ކޮންމެ މީހަކަށް ދައްކަން ކެރޭނެ ވާހަކައެއް ނޫންކަމަށާއި ސަބަބަކީ މި ބްރިޖުގެ ދިގު ކަމުގެ ހިނގާނެ ހަރަދު ބޮޑުވުމުގެ ސަބަބުން އެ ވާހަކަ ދައްކަވަން ބިރުގަންނަނީ ކަމަށެވެ.
އޭނާ ވިދާޅުވީ އައްޑޫ ސިޓީގައި އަޅަން ނިންމާފައިވަ ބްރިޖަކީ ހުޅުދޫ އަދި މީދޫގެ ރައްޔިތުން ހާއްސަކޮށް ދެކެމުން އައިސްފައިވާ ހުވަފެނެއް ކަމަށެވެ.
މި ހަފްލާ އަކީ އޭނާގެ ސިޔާސީ ހަޔާތުގައި އެންމެ އުފާވެރިކަން ލިބުނު ހަފްލާ ކަމަށާއި ސަބަބަކީ މި ހަފްލާއަކީ އެތައް ބައެއްގެ ހުވަފެން ހަގީގަތަކަށްވެގެންދާނެ ހަފްލާ އަކަށް ވާތީކަމަށް ނިޔާޒު ވިދާޅުވި އެވެ.
މޭޔަރު ނިޒާރު ވިދާޅުވި އައްޑޫއަށް ބުރިޖު ބޭނުންވަނީ އައްޑޫ ބަދަލުކޮށްލާ އައްޑޫގެ މަލަމަތި ބަދަލުކޮށްލަންކަމަށާއި މި ބްރިޖުގެ ސަބަބުން އައްޑޫއާ މެދު ވިސްނާ ވިސްނުން ބަދަލުވެ އައްޑޫ އާ ދޭތެރޭ އިންވެސްޓަރުންގެ ވިސްނުން ބަދަލުވެގެން ދާނޭކަމަށެވެ.
ކައުންސިލުތަކުގެ ޒިންމާއަކީ ސަރުކާރުތަކުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެއްބާރުލުންދީގެން މަސައްކަތްކުރުން ކަމަށާއި އޭނާ މަސައްކަތް ކުރައްވަނީ ސިޔާސީ ފިކުރު އެއްފަރާތްކުރުމަށް ފަހު ސަރުކާރާ ގުޅިގެން މަސައްކަތްކުރުން ކަމަށް ނިޒާރު ވިދާޅުވި އެވެ.