ads
ކުރިން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބިފައިވާ އެންމެނަށް ފްލެޓް ލިބޭނެ: ރައީސް
ކުރިން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބިފައިވާ އެންމެނަށް މި ސަރުކާރުން ހަދާ ފުރަތަމަ ސޯޝަލް ހައުސިން މަޝްރޫޢުގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅު ވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ހިޔާ ފްލެޓް ލިބޭނެކަމުގެ ލިޔުން މީގެ ކުރީން ލިބިފައިވާ ފަރާތްތަކަށް ފްލެޓް ލިބޭނެތޯ ގދ. ގައްދޫ މާފެހި، މުހައްމަދު ޝުހައިލް، ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. 

ސަރުކާރުން ހިންގާ ރައީސްގެ ޖަވާބު ޕްރޮގަރާމުގައި،  ހިޔާ ފްލެޓް ލިބޭނެކަމުގެ ލިޔުން މީގެ ކުރީން ލިބިފައިވާ ފަރާތްތަކަށް ފްލެޓް ލިބޭނެތޯ ގދ. ގައްދޫ މާފެހި، މުހައްމަދު ޝުހައިލް، ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓްލިބިފައިވާ ބައެއް ފަރާތްތަކަށް އޭރުގެ ހައުސިންގ މިނިސްޓްރީން ލިޔުން ދީފައިވީނަމަވެސް ނިމިދިޔަ ސަރުކާރުން ވަނީ އޭގެތެރެއިން ގިނަބައެއްގެ ފްލެޓް ނުދީ ހިފަހައްޓާފައިކަމަށާއި އޭރު އެލިޔުން ލިބިފައިވާ ހުރިހާ ފަރާތްތަކަށް ފްލެޓް ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

"އާދެ އަޅުގަނޑު ވައުދުވި ގޮތައް އެކަން ހަމަ ފުއްދަދޭނަން. މި ސަރުކާރުން ހަދާ ފުރަތަމަ ސޯޝަލް ހައުސިން މަޝްރޫގެ ތެރެއިން ކުރީގަ ފްލެޓް ލިބޭނެ ކަމަށް ގެޒެޓްގަ ނަން ހިމެނިފަ އެހެން ނަމަވެސް ފްލެޓް ނުލިބޭނެ ކަމަށް ފަހުން ކަނޑައެޅުނު ހުރިހާ އެއްމެންނަށް އިރާދަ ކުރެއްވިއްޔާ ފްލެޓް ހަމަޖައްސަދޭނަން. އެކަމުގަ ހަމަ ޔަޤީންކަން ދެން އިރާދަކުރެއްވިއްޔާ އެކަން އެންމެ އަވަހަށް ފެށޭ ސޯޝަލް ހައުސިން މަޝްރޫޢެއްގެ ތެރެއިން ހަމަ ކުރިއަށް ދާނެ،" ރައީސް މުޢިއްޒު ވިދާޅުވި އެވެ.

your imageހިޔާ ފްލެޓް

ރައީސަށް ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާ ސުވާލުތަކަށް ކޮންމެ ދުވަހަކުވެސް ވަގުތު ލިބިވަޑައިގަތް ވަރަކުން އެމަނިކުފާނު ޖަވާބުދެއްވަމުން ގެންދަވާނެކަމަށާއި ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލަށް ދެއްވާ ޖަވާބު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މީސްމީޑިއާ މަންސަތަކުން ކޮންމެ ދުވަހަކުވެސް އާންމުކޮށް ހިއްސާކުރަމުން ގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް