ޑުރޯ ޑުބެނިކް މެމޯރިއަލް މުބާރާތަކީ ކްރޮއޭޝިއާގައި މިހާރު ކުރިއަށްދާ މުބާރަތަކެވެ. އޮލިމްޕިކް ކޮމިޓީގެ ޓްރޭނިން ސްކޮލާޝިޕެއްގެ ދަށުން، ކްރޮއޭޝިއާގައި ތަމުރީނު ހަދަމުން އަންނަ ދީމާ ވަނީ އެ މުބާރާތުގެ 17 އަހަރުންދަށުގެ މުބާރާތުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. ފައިނަލުގައި ދީމާ ބަލިވީ، ޕޮލެންޑްގެ ކުޅުންތެރިޔެއް އަތުންނެވެ.
މިދިޔަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިއުމުގެ ކުރިން ވެސް ރާއްޖޭގެ ގައުމީ ޓީމު ވަނީ ކްރޮއޭޝިއާގައި ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. އޭރު ކްރޮއޭޝިއާގައި ބޭއްވި އޮޕްޓިޖާ އޯޕަން ޖޫނިއާ ޓީޓީ މުބާރާތުގެ ޖޫނިއާ ބައިގައި ވާދަކޮށް ދީމާ ވަނީ ޗެމްޕިއަންކަން ހޯދާފަ އެވެ.