ads
ފުވައްމުލަކު އެތެރޭގެ 50 މަގެއް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
ފުވައްމުލަކު އެތެރޭގެ 50 މަގެއް ހެދުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ހަތަރު އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކަށް ހަވީރު ވަޑައިގަންނަވާ، ފުވައްމުލަކު ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އާއި އެމް.ޓީ.ސީގެ ސީއީއޯ ޢަބްދުﷲ ޒިޔާދު އަދި ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާޢިލް ރަފީޤްއެވެ. 

your imageމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން މަގުމަތީގައި އަޅަން ފަށާފައި އޮތް ހޮޅިއެއްގެ މައްޗަށް ވެލިއަޅުއްވައި ދެއްވައި މަސައްކަތް އަމަލީ ގޮތުން ފަށްޓަވައިދެއްވަނީ

މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ ކުދި  50 މަގެއްގައި ތާރު އަޅާ ގޮތަށް ނިންމާފައިވާއިރު، މިއީ 12.7 ކިލޯ މީޓާރުގެ ސަރަހައްދެކެވެ. ރަށުގެ ބޮޑެތި 31 މަގެއްގައިވަނީ މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތާރު އަޅައިފައެވެ. މިއީ 95،000 އަކަ މީޓަރަށްވުރެ ބޮޑު ސަރަހައްދެކެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ވަނީ 2020 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެގޮތުން މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވައްސަކީ 331 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ހަމައެހެންމެ، މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް 255.2 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެމްޓީސީއާ ވަނީ ހަވާލުކޮށްފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ14 ގެ ޕްލޭނުގެ ދަށުން ފެއްޓެވި މަސައްކަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް