ads
"ކުޅިވަރު އެކަޑަމީތަކަށް ކުންފުނިތަކުން އެހީ ދެވޭނެ ގޮތް ހޯދައިދޭނަން"
ކުޅިވަރު އެކަޑަމީތަކަށް ސަރުކާރުގެ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ލ.ފޮނަދޫ، މުހައްމަދު އަނަސް ކުރި ސުވާލަކަށް "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ ތެރެއިން ޖަވާބު ދެއްވަމުންނެވެ.

ފޮނަދޫގައި އެކަޑަމީއެއް ހިންގާ ކޯޗެއް ކަމަށްވާ އަނަސް ސުވާލަކުރީ އެކަޑަމީތަކަށް ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭން ކުރެވިދާނެ ކަމަކާމެދުގަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުންފުނިތަކުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޅިވަރު އެކަޑަމީތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މަގުފަހިކޮށްދިނުމަށް އެކަށީގެންވާ ސިޔާސަތެއް އެކުލަވާލެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި އެ މަސައްކަތް ކުރައްވާނީ ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"ކުރިއަށްއޮތް ތަނުގައި ތިބޭފުޅުންފަދަ ކޯޗުންނަށާއި އެކަޑަމީތަކަށް އެހީތެރިކަން ލިބޭނެފަދަ ގޮތްގޮތް ހޯދައިދިނުމަށް، އަޅުގަނޑު ކުޅިވަރާ ބެހޭ ވަޒީރު މެދުވެރިކޮށް، އަދި އެސޯސިއޭޝަންތަކަށް ގޮތްގޮތް ހޯދާދިނުމަށް ކުންފުނިތަކާއި ވާހަކަދައްކަައިގެން ރަނގަޅު ސިޔާސަތެއް ބައްޓަންކުރުމުގެ މަސައްކަތް ފަށާނަން،" ރައީސް ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް