އަންނަ ސީޒަނަށް ފަހު ޕީއެސްޖީގައި މަޑު ނުކުރާނެކަން އެމްބާޕޭވަނީ ރަސްމީކޮށް ޕީއެސްޖީއަށް އަންގާފައެވެ. ޕީއެސްޖީއާ އެމްބާޕޭއާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. އަދި އެހެންކަމުން ފްރީ ޓްރާންސްފަރއެއްގައި އެމްބާޕޭ ކްލަބު ބަދަލު ކުރާނެއެވެ.
ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަސް އަހަރުގެ ޑީލަކަށް އެމްބާޕޭއާ ރިއާލް މެޑްރިޑާވަނީ އެއްބަސްވެފައެވެ. އަދި ވަރަށް އަވަހަށް ޕްރީކޮންޓްރެކްޓެއްގައި ސޮއި ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ފަސް ފަހަރު ފްރާންސްގެ ލީގު ކާމިޔާބުކޮށްދީ އެ ކުލަބަށް 290 މެޗުން 243 ގޯލު ޖަހައިދީފަ އެވެ.