ads
އެމްއެމްއޭއިން އަތޮޅުތެރޭގެ ސްކޫލުތަކަށް ލެކްޗާ ސީރީޒްއެއް ފަށައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަތޮޅުތެރޭގެ ސްކޫލުތަކަށް އަމާޒުކޮށްގެން ލެކްޗާ ސީރީޒްއެއް ފަށައިފި އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވެސް ބައިވެރިވެވަޑައިގެންނެވި މި ލެކްޗާ ސީރީސްގެ ފުރަތަމަ ޕްރޮގްްރާމް ކުރިއަށް ގެންގޮސްފައިވަނީ ފުވައްމުލަކުގައި ހުންނަ ޏ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. 

your imageޏ. އަތޮޅު ތައުލީމީ މަރުކަޒުގައި އެމްއެމްއޭއިން ބޭއްވި ލެކްޗާގެ ތެރެއިން - ފޮޓޯ: އެމްއެމްއޭ

އެ ލެކްޗާގައި އެ ސްކޫލުގެ ސާނަވީ ދަރިވަރުންނަށް އިގްތިސާދީ އަދި މާލީ ދާއިރާއިން ވަނީ މައުލޫމާތު ހިއްސާކުރުން ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން އެ ސެޝަންގައި އަލިއަލުވާލި ބައިތަކުގެ ތެރޭގައި މާލީ ހޭލުންތެރިކަމާއި ފަހަށް ރައްކާކުރުމުގެ މުހިއްމުކަން ވެސް ހިމެނެ އެވެ.

your imageޏ. އަތޮޅު ތައުލީމީ މަރުކަޒުގައި އެމްއެމްއޭއިން ބޭއްވި ލެކްޗާގެ ތެރެއިން - ފޮޓޯ: އެމްއެމްއޭ

އެމްއެމްއޭގެ އެ ލެކްޗާ ސެޝަންގައި ގަވަރުނަރު ހާޝިމް ވަނީ ބައިވެރިންނާ މުހާތަބު ކުރައްވައި، ދާއިރާގައި އޭނާގެ ތަޖުރިބާތައް ހިއްސާކޮށްފަ އެވެ. އަދި ގަވަރުނަރު ވަނީ ލެކްޗާގައި ބައިވެރިވި ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ވެސް ދެއްވާފަ އެވެ.

your imageޏ. އަތޮޅު ތައުލީމީ މަރުކަޒުގައި އެމްއެމްއޭއިން ބޭއްވި ލެކްޗާގެ ތެރެއިން - ފޮޓޯ: އެމްއެމްއޭ

މީގެކުރިންވެސް އެމްއެމްއޭއިން ވަނީ މާލޭގައި މިފަދަ ޕްރޮގްރާމުތައް ހިންގާފަ އެވެ. އަދި އަތޮޅުތެރެއަށް ހާއްސަކޮށްގެން މިފަހަރު ފަށާފައިވާ މި ލެކްޗާ ސީރީޒްގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް މިފަދަ ސެޝަންތައް ކުރިއަށް ގެންދިއުމަށް އެ އޮތޯރިޓީން ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް