ads
ކައުންސިލްތަކަށް ފުރިހަމަ އެއްބާރުލުން ދޭނަން: ރައީސް
މޭޔަރު ކަމުގައި ހުންނެވި އިރު، ކުރީ ސަރުކާރުން އެއްބާރުލުން ނުދިނުމުން އެކަމުގެ ހިތު ތަޖުރިބާ ލިބިވަޑައިގެންފަވާކަމަށާއި، މިސަރުކާރުން ކައުންސިލްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

މިހާރު ފުވައްމުލަކު ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ އެރަށު ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ދަންނަވާލަން ބޭނުންވާ ވާހަކައަކީ މިސަރުކާރުން ފެނިގެންދަނީ ހަމަހަމަކަމާއި އިންސާފުކަމަށެވެ. 

ރައްޔިތަކު ނިސްބަތްވަނީ ކޮން ސިޔާސީ ފިކުރަކަށްތޯ ބެލުމަކީ އެހާ މުހިއްމުކަމެއް ނޫންކަމަށާއި، އިންތިހާބުތަކުގައި އެކަންތައް ހިނގި ނަމަވެސް ރައްޔިތުން ވޯޓުން އިންތިހާބު ކުރާ މީހުން ކުރަން ޖެހޭކަމަކީ ތަފާތުކުރުމެެއް ނެތި ހަމަހަމަކަން ދެކިގެން ހިދުމަތްކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

އައްޑޫ އިންނާއި ފުވައްމުލަކުން އެކަން ފެންނަ ކަމަށާއި ރާއްޖޭގެ އެހެން ހުރިހާ ރަށްތަކުގެ ވެސް ކައުންސިލަރުންގެ ފަރާތުން އެކަންތައް އެހެން ފެނިގެންދާނެކަމަށް ގަބޫލްފުޅުކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ. 

ހިދުމަތްކުރުމުގައި ހަމަހަމަކަން އިހުތިޔާރުކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކަށް ދޭންޖެހޭ އެއްބާރުލުން މިސަރުކާރުން ދެއްވާނެކަމަށެވެ.

"ކައުންސިލްތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން އެގޮތުގައި އަޅުގަނޑުމެން ދޭނަން. އަޅުގަނޑަށް ވަރަށް ގާތުން މިކަން ތަޖުރިބާ ކުރެވިފައިވަނީ. އެހެން ނޫންތޯ. މާލޭ ސިޓީގެ ރައްޔިތުން އަޅުގަނޑާ މޭޔަރުކަން ހަވާލުކުރީމާ. ދެ އަހަރާ ބައެއްހާ ދުވަހު. ދެއަހަރާއި ބައި ގާތްގަނޑަކަށް. މާލޭ ސިޓީ މޭޔަރުކަމުގައި އަޅުގަނޑު ހޭދަކުރިއިރުގައި އެކަންވަނީ ތަޖުރިބާ ކުރެވިފައި." ރައީސް ވިދާޅުވި އެެވެ.

މޭޔަރުކަމުގައި ހުންނެވި އިރު ސަރުކާރުން އެއްބާރުލުން ނުދިނުމުން އެކަމުގެ ތަޖުރިބާ ވަރަށް ކައިރިން ކުރެވިފައިވާކަމަށް ވިދާޅުވި އެވެ. ކުރަން ބޭނުންވި އެތައްކަމެއް ނުކުރެވި ދިޔަކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

އެހެންކަމުން މިސަރުކާރުން އެެފަދަ ހާލަތެއް ކައުންސިލްތަކާއި ކުރިމަތި ނުކުރައްްވާނެކަމަށް ވިދާޅުވި އެވެ.

ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް ވެސް އުފެއްދެވީ އެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް