ads
ރައީސަށް ދުއްތުރާ ކުރުމުގެ ފުރުސަތު އޮވެގެން ވާނެކަމަށް ގަބޫލެއް ނުކުރެވޭ
ރައްޔިތުންނަށް ހިދުމަތްކުރަން ނުކުމެ ހުންނަ ރައީސަކަށް ދުއްތުރާ ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް އޮވެގެންވާނެކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިރޭ ފުވައްމަލައް ސިޓީގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، ފުވައްމުލަކު ސިޓީއަށް ބޭނުންވާ ކަންތައްތައް ކޮށްދޭން ބޭނުންވާކަމުގައިވާނަމަ ސަރުކާރުގެ ފަރާތުން އެ ސިޓީގެ ތިން ދާއިރާގެ މަޖިލިސް ގޮޑިއަށް ވާދަކުރާ ކެނޑިޑޭޓުން އިންތިހާބުކޮށްދޭން ޖެހޭކަމަށެވެ.

އެއީ ފުވައްމުލައް ރައްޔިތުން އެރަށައްޓަކައި ކޮށްދޭނެ ހިދުމަތެއްކަމުގައިވާނެކަމަށް އަދުރޭ ވިދާޅުވިއެެވެ.

ރާއްޖޭގެ މިއޮތީ ޑިމޮކްރަސީ ފައްކާވެފައިކަމަށާއި، އެކަން އެހެން އޮތް އިރު މަޖިލީހުން ބޭނުންވާ އިރަކު ރައީސުލް ޖުމްހޫރިއްޔާގެ ހަތަރެސްފައި ބަދެލެވޭ ބާރުވެސް ލިބިދޭ ގޮތައް އޮތްކަމަށް އަދުރޭ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުން ބޭނުންވީމާ ރައީސުލް ޖުމްހޫރިއްޔާގެ ހަތަރެސްފައި ބަދެލެވޭ ބާރުވެސް ލިބެދޭ ގޮތައް މިއޮތީ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައްޔިތުންނަށް ހިދުމަތް ކުރަން ނިކުމެ ހުންނަވާ ރައީސަކަށް ދުއްތުރާ ކުރުމުގެ ފުރުސަތު އެެއްވެސް ފަރާތަކަށް އޮވެގެނެއް ވާނެކަމަކަށް." އަދުރޭ ވިދާޅުވި އެވެ. 

އެހެންކަމުން މަޖިލީހުގެ ތަނަވަސް އަގުލަބިއްޔަތެެއް ބޭނުންވާކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައްޔިތުންނަށް ބޭނުންވާ ސްޕީޑުގައި ތަރައްގީ ގެނެސްދެވޭނީ އާ ގާނޫނޫތައް ވުޖޫދަަށް ގެންނަން ޖެހޭކަމަށާއި އެކަން ކުރެވޭނީ މަޖިލީހުގެ ތަނަވަސް އަގުލަބިއްޔަތެއް އޮވެގެން ކަމަށް އަދުރޭ ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

"ރިޔާސީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާއެއް ހަތަރެސްފައި ބަދެވޭގޮތައް އޮތުމަކީ ބުއްދީގެ ހަމައިން ބަލާއިރު ގަބޫލް ކުރެވޭކަމެއް ނޫން." އަދުރޭ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް