ads
ރައީސް ދެއްވީ ފަރެސްމާތޮޑާގެ މަޝްރޫއުތަކުގެ ޔަގީންކަން
ގދ. ފަރެސްމާތޯޑާގައި ކުރިއަށް ގެންދަން ރާވާފައިހުރި ހުރިހާ މަޝްރޫއުތަކެއް ވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
Advertisement

ރައީސް ޑރ. މުއިއްޒު ގދ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފަރެސްމާތޮޑާއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މިވަގުތު އެ ރަށަށް އެންމެ މުހިއްމު އެއް ކަމަކީ ބަނދަރުގެ ޖާގަ ބޮޑުކުރުން ކަމަށެވެ. އަދި އެކަމަށްޓަކައި ބަޖެޓުގައި ވެސް ފައިސާ ހިމެނިފައިވާނެ ކަމަށާއި، އެކަމާ ގުޅޭ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފަރެސްމާތޮޑާގެ މަގު ހެދުމުގެ މަޝްރޫއަކީ ވެސް އެ ރަށަށް މުހިއްމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވި އެވެ. އެގޮތުން ކަނޑައަޅާފައިވާ އުސޫލާ އެއް ގޮތަށް މުހިއްމު ހިދުމަތް ދޭ ތަންތަން ހުންނަ މަގުތައް މި ދައުރުގެ ތެރޭގައި ހަދާ ނިންމުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ފެންވަރު ރަނގަޅު މިސްކިތެއް ބިނާކުރުމާއި، ސިއްހީ ނިޒާމު ހަރުދަނާ ކުރުމާއި، ދަނޑުގެ މަސައްކަތް ފަދަ ހުރިހާ ކަމަކަށް ހައްލު ގެނެސްދީ އެ މަސައްކަތްތައް ފުރިހަމަ ކޮށްދެއްވާނެ ކަމަށް ރައިސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ ގެދޮރުވެރިކަމަށާއި އިގްތިސޯދީ މަސައްކަތްތަކަށް ބޭނުންވާ ބިން ފަރެސްމާތޮޑާއިން ހިއްކުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.

"މިރަށުގެ ބިން ހިއްކުމާ، ބަނދަރު ހެދުމާ، މިހެން ހުރި ހުރިހާ ކަމެއް ވެސް އަޅުގަނޑުމެން ގެންދާނަމޭ ކުރިއަށް، އަދި ދެން ހުރި މަސަައްކަތްތައް ވެސް އިރާދަކުރެއްވިއްޔާ ދާނެ." ރައީސް ޔަގީންކަން ދެއްވި އެވެ.

ރައީސް ވިދާޅުވީ މި މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ އިގްތިސޯދީ ބުންވަރު އިތުރުކޮށްގެން ކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި ވަށާޖެހޭ އިގްތިސޯދީ އެޖެންޑާއެއްގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަން ހާސިލް ވުމާއެކު ތަރައްގީގެ މަޝްރޫއުތައް އެދެވޭ ގޮތެއްގައި ކުރިއަށްދާން ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް