ads
ހިތާދޫ ޕޮލިސް ޕޯސްޓު ހުޅުވާ ހިދުމަތްދޭން ފަށައިފި
ބ. ހިތާދޫ ޕޮލިސް ޕޯސްޓު ހުޅުވާ ހިދުމަތްދޭން ފަށައިފިއެވެ.

ބ.ހިތާދޫ ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕޯސްޓް ހުޅުއްވައި ދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ހިތާދޫ ކައުންސިލު ރައީސް އަބްދުލްއަޒީޒް މުހައްމަދުއެވެ. 

އެ ރަސްމިއްޔާތުގައި ސީޕީ އަލީ ޝުޖާއު ވިދާޅުވީ، ދިވެހި ފުލުހުން ރެއާއި ދުވާލު އެއްވެސް ވަރުބަލި ކަމެއްނެތި މިކުރާ މަސައްކަތުގެ ބޭނުމަކީ ރާއްޖެއަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުންކަމަށެވެ. އަދި ރައްޔިތުންގެ މުދަލާއި ގެދޮރު ހިމާޔަތްކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ޖާނާއި މާލުން ފުލުހުން ގުރުބާންވަމުންދަނީ ކޮންމެ ރައްޔިތަކަށް ވެސް ހިތްހަމަ ޖެހިލައިގެން އުޅެވޭނެ ފަހި މާހައުލެއް ތަނަވަސްކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

your imageބ.ހިތާދޫ ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ސީޕީ ޢަލީ ޝުޖާއު ވާހަކަދައްކަވަނީ ފޮޓޯ:ޕޮލިސް

ބ.ހިތާދޫ ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ، ނޯތު ޕޮލިސް ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މޫސާ ޢަލީ، ބ. އަތޮޅު ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަފްރާ އާދަމް އަދި ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން ހިތާދޫ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް