ads
ޓީރެކްސް ކުޅުންތެރިން
ވާދަވެރި ފައިނަލް ކާމިޔާބުކޮށް ޓީރެކްސްއަށް ގައުމީ ޗެމްޕިއަންކަން
ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސް ބާސްކެޓްބޯލް ކުލަބުން ހޯދައިފިއެވެ.

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސް ބާސްކެޓްބޯލް ކުލަބުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 86-83 ޕޮއިންޓުން އެންމެ ފަހުގެ ޗެމްޕިއަން ކިންގްސް ބާސްކެޓްބޯލް ކުލަބު ބަލިކޮށްގެންނެވެ. 

މި މޮޅާއެކު ޓީރެކްސްއިން ގައުމީ ތަށި ހޯދިއިރު، މި އަހަރުގެ ކުރިން އެންމެ ފަހުން ބޭއްވި ތިން ފަހަރުވެސް ގައުމީ ތަށި ހޯދާފައިވަނީ ކިންގްސްއިންނެވެ.

މި މެޗުގައި ޓީރެކްސްގެ މުޙައްމަދު ޚުވައިލިދު އަލީ ވަނީ 23 ޕޮއިންޓް ހޯދައިދިނެވެ. އަދި އެ ޓީމުގެ ޒަކަރިއްޔާ އަބްދުލް ލަތީފް ވަނީ 20 ޕޮއިންޓް ހޯދައިދިނެވެ. މި މެޗުގައި ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި އިބްރާހީމް ނަސީމްވަނީ 19 ޕޮއިންޓް ހޯދައިދީފައެވެ.

މި މުބާރާތުގެ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިންގްސްގެ އިބްރާހީމް ނަސީމެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ހަމަ އެ ޓީމުގެ އަލްދާން އައިކް ރަމީޒެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް