ފުލުހުން ބުނީ، ހުޅުމާލެ މިދިލިމަގުން ދުއްވާފައި ދިޔަ ކާރެއް ސޯލާ ޕެނަލް ހަރުކުރުމަށް ޖަހާފައި ހުންނަ ހޮޅިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:45 ގައި ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި ކާރުގެ ޑްރައިވަރަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މި އެކްސިޑެންޓުގައި ކާރަށާއި ސޯލާ ޕެނަލްތަކުގެ ސްޓްރަކްޗާއަށް ވެސް ގެއްލުން ލިބިފައި ވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފަހަކަށް އައިސް ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގައި އުޅަނދުތައް ޖެހިގެން ހިނގާ އެކްސިޑެންޓުތައް ވަނީ ގިނަވެފަ އެވެ.