ads
ވާދަވެރިކަމެއް ނެތި ޝާހިދު އެމްޑީޕީގެ ރައީސްކަމަށް
އެއްވެސް ވާދަވެރި އިންތިހާބަކަށް ނުގޮސް އެމްޑީޕީގެ ރައީސްކަން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ލިބިވަޑައިގެންފިއެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމު ހުސްވީ ރައީސްް ނަޝީދާއި ރައީސް ސާލިހާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެ އެންމެ ފަހުން ރައީސް ނަޝީދު އެމްޑީޕީން ވަކިވެޑައިގަތުމުންނެވެ. އޭގެ ފަހުން މިހާތަނަށް އެމްޑީޕީ ރައީސްގެ މަގާމުގައި ވަގުތީ ގޮތުން ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްއެވެ.  

އެމްޑީޕީން ވަނީ އެޕާޓީގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަމަވިއިރު އަބްދﷲ ޝާހިދު ނޫން ނަމެއް ނެތުމުން އޭނާއަށް ވަނީ އޮޓަމެޓިކުން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ރައީސްކަން ލިބިވަޑައިގެންފައެވެ.  

 އެމްޑީޕީގެ ރައީސްގެ މަގާމު ލިބިވަޑައިގަތުމުން ޝާހިދު ވިދާޅުވީ އެމްޑީޕީގެ ރައީސްކަމުގެ ޒިންމާއާއި ހަވާލު ވަނީ ޕާޓީގެ މެމްބަރުންގެ ފުރިހަމަ އިތުބާރާ އެކު އާބާރެއްގައި ޕާޓީ ކުރިއަށް ގެންދަންކަމަށެވެ. 

ރައީސް މައުމޫން ވެރިކަމުގައި އެމަނިކުފާނު އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގައި އިސް މަގާމުތަކެއް އަދާކުރެއްވުމަށްފަހު އަބްދުﷲ ޝާހިދު އެ ޕާޓީން ވަކިވީ މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ދިމާކޮށެވެ. 

ޝާހިދު އެމްޑީޕީއާ ގުޅުނީ 2013 ވަނަ އަހަރުގެ އޭޕްރިލް 20 ވަނަދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީގެ ގިނަ ސަޕޯޓަރުންނާ އެކު "އާބާރެއް" ގެ ނަމުގައި ބޭއްވި ޖަލްސާގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް