ads
ޔާމިން ރަޝީދުގެ ދައްތަ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް: ހައިކޯޓު
އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ދައްތަ، އާއިޝަތު ރަޝީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

ޔާމީން ރަޝީދުގެ ދައްތަ، އާއިޝަތު ރަޝީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން މިއަދު ކަނޑައެޅީ، އޭނާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމުމުން، އޭނާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

ފުލުހުންގެ ސިވިލް ވަޒީފާއިން އާއިޝަތު ވަކި ކުރީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ ހަނދާނުގައި އޮގަސްޓު 8، 2017 ގައި ބޭއްވި "ސުވާލު މާޗު"ގެ މައްސަލައިގަ އެވެ. އެ ހިނގާލުމުގައި އާއިޝަތު ބައިވެރިވި މައްސަލަ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބަލަން ފެށީ އެއީ ގާނޫނާ ހިލާފަށް، ހުއްދަ ނުހޯދާ ބޭއްވި ހިނގާލުމަކަށް ވާތީ އެވެ. 

ބޯޑުން މައްސަލަ ބެލުމަށް ފަހު ނިންމީ، ފުލުހުންގެ ޑިސިޕްލިނަރީ ގަވާއިދާ ހިލާފު ކަމަށް ތަހުގީގަށް ސާބިތު ވާތީ އޭނާ ވަޒީފާއިން ވަކިކުރާށެވެ. އެއީ އޮގަސްޓު 16، 2017 ގަ އެވެ. އޭރު އޭނާ ހުރީ ފުލުހުންގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގަ އެވެ.

ވަޒީފާއިން ވަކިކުރި މައްސަލައިގައި ފުލުހުން އަމަލު ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، ވަޒީފާއިން ވަކިކުރުމުގެ މާލީ ބަދަލު ނަގައިދޭން އާއިޝަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އޭނާއާ ދެކޮޅަށެވެ. އެ ހިސާބުން އޭނާ ދެން އެ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ. ހައިކޯޓުން އެ މައްސަލައިގައި މިއަދު ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އައިޝަތު ރަޝީދުގެ މައްސަލައިގައި ސިވިލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށްފައެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް