ads
ރައީސް ޑރ. މުއިއްޒު ގދ. މަޑަވެލީ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
މަޑަވެލީ ބިން ހިއްކާނެ ކަމުގެ ޔަގީންކަން ދެން: ރައީސް
ގދ. މަޑަވެލީ ރައްޔިތުންގެ އެދުމާ އެއްގޮތަށް އެ ރަށުގެ ބިން ހިއްކައިދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
Advertisement

ރައީސް ޑރ. މުއިއްޒު ގދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަޑަވެއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އެ ރަށުގެ ބިން ފުރިފައި އޮތުމާއެކު ބިން އިތުރު ކުރަން ޖެހޭ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ބިން ހިއްކުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ކަމުގެ ޔަގީންކަން މިއަދު އަޅުގަނޑު ދެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަމާ ގުޅޭ ފަންނީ މަސައްކަތްތައް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ތިމާވެށީގެ ގޮތުން ބަލަން ޖެހޭ ކަންކަން ވެސް ބަލައި، ދުރު ރާސްތާ ޕްލޭނަކާއެކު އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މަޑަވެލީގެ ރައްޔިތުންނަށް ގެދޮރުވެރިކަން ހާސިލް ކޮށްދިނުމަށް ބިން ހިއްކުމުގެ މުހިއްމުކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން 2006 ވަނަ އަހަރުން ފެށިގެން އެ ރަށުން ގޯތި ދޫކުރެވިފައިނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން މަދު އަދަދެއްގެ ހައުސިން ޔުނިޓްތަކަކުން ގެދޮރުވެރިކަމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިފައި ނުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"އެހެންވީމަ ބިންހިއްކުމަކީ އަސާސީ، ޒަރޫރީ ކަމެއް، އެހެންވީމަ ބިން އިތުރުކޮށްގެން ގެދޮރުގެ ހައްލު ގެނައުމަށް މަސައްކަތް ކުރާނީ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގެދޮރުވެރިކަން ހާސިލް ކޮށްދިނުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް ވައުދުފުޅު ކަމަށެވެ. އެހެންކަމުން އެ ވައުދުފުޅު ފުއްދުމުގެ ތެރެއިން މަޑަވެލީ ރައްޔިތުންނަށް ވެސް އެކަމުގައި ދާއިމީ ހައްލެއް ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ގެދޮރުވެރިކަމުގެ ލޯނުތަށް ދޫކުރުމާއި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދެވޭނެ މަގުފަހި ކުރުމަށްޓަކައި، އިގްތިސޯދު ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް