ads
އަނުޝްކާއަށް ދެވަނަ އަށް ފިރިހެން ދަރިޔަކު ލިބިއްޖެ
އެކްޓަރު އަނުޝްކާ ޝަރްމާ އާއި ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.
"ފުރިހަމަ އުފަލާއި ލޯބިން ފުރިފައިވާ ހިތްތަކާއެކު، 15 ފެބްރުއަރީގައި އަހަރެމެންގެ ތުއްތު ފިރިހެން ކުއްޖާ އަދި ވަމިކާގެ ކުޑަ ކޮއްކޮ މި ދުނިޔެއަށް މަރުހަބާ ކިޔާފައިވާކަން އެންމެންނަށް އަންގަން"

އަންގާރަ ދުވަހު އަނުޝްކާ ވަނީ އެމީހުންގެ ދަރިފުޅު އުފަންވިކަން އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ހާމަކޮށްފަ އެވެ. އަނުޝްކާ އިންސްޓަގްރާމްގައި ހިއްސާކުރި ނޯޓެއްގައި ބުނެފައިވަނީ އެ ދަރިފުޅު އުފަންވީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

އަނުޝްކާ ޝަރްމާ އާއި ވިރާތު ކޯލީ 2017 ވަނަ އަހަރު ކައިވެނި ކުރިއިރު، 2021 ވަނަ އަހަރު އެމީހުންނަށް ވަނީ ވަމީކާ ކިޔާ އަންހެން ދަރިއަކު ލިބިފައެވެ.

ވިހެއުމުގެ ކުރިން އަނުޝްކާ ވަނީ ކްރިކެޓް ކުޅުންތެރިޔާ ޖުލާން ގޯސްވާމީގެ ބައޮޕިކް ޗަކްދާ 'އެކްސްޕްރެސް' ޝޫޓްކޮށް ނިންމާލާފަ އެވެ. އެންމެ ފަހުން އޭނާ ފެނިފައިވަނީ 2018 ވަނަ އަހަރު ރިލީޒްކުރި "ޒީރޯ" އިން ޝާހްރުކްއާ އެކުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް