ads
ފައިސާ ދެވެން ހުރެ، ގަސްތުގައި ނުދީ ނުހުންނާނަން: ރައީސް
މަސްވެރިންނަށް ފައިސާ ދެވެން ހުރެ ގަސްތުގައި ނުދީ ނުހުންނަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހާރު ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތިނަދޫ ސިޓީއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ސަރުކާރުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވަނީ ކުރީ ސަރުކާރުން ފައިސާ ޗާޕުކުރަމުން އައި ގޮތް ނިމުމަކަށް ގެނައުމުންނެވެ.

ރައީސް ވިދާޅުވީ ފައިސާ ޗާޕުކުރަން ފަސޭހަވި ނަމަވެސް އޭގެ ސަބަބުން ގައުމަށް ގެއްލުންވާކަމަށެެވެ.

ރައީސް ވަނީ އެ ނިންމުމުގެ މިހާރު ދަތިތަކާ ކުރިމަތިވި ނަމަވެސް މުސްތަގުބަލުގައި އުޖާލާވާނެކަމަށް ވިދާޅުވެފައެެވެ.

ައެހެންކަމުން އެކަމުގައި އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވަމުން ރައީސް ވަނީ މަސްވެރިންނަށް ދޭންހުރި ފައިސާ ދެެއްވާނެކަމަށް ވިދާޅުވެފައެވެ.

"މިކަމުގައި އަޅުގަނޑު އެދެނީ މަސްވެރިންގެ ކިބައިންވެސް މިކަން ގަބޫލުކުރެއްވުމަށް އެއްވެސް ވަރަކަށް އަޅުގަނޑުމެން އަތުގައި ދެވެން ހުރި ފައިސާ ހުރެ ގަސްތުގައި ނުދީއެއް ނުތިބޭނެ. އެއީ އަޅުގަނޑުމެން ކަންކުރާނެ ގޮތެއް ނޫން." ރައީސް ވިދާޅުވި އެވެ.

މިހާރު މަސްވެރިން އިހުތިޖާޖު ކުރަމުން އަންނަ ކުރުން ގަބޫލުކުރެއްވި ނަމަވެސް އޭގެ ސަބަބުން ހުރިހާ ރައްޔިތުންނަށް އޭގެ ގެއްލުން ލިބެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ އަމިއްލަފުޅަށް ވެސް މަސްވެރިންނާ މަޝްވަރާކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް