ads
ބިރުދައްކައި ތޫނު ހަތިޔާރުގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް ހުކުމް ކުރަނީ
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރާ މައްސަލަތައް 30 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާ ބުނުން ފަނޑިޔާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ސިޓީއަކުން އެ ވާހަކަ ފަނޑިޔާރަށް ދަންނަވަމުންގެންދަން ފަށާފައިވާ ކަމަށް ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން ބުނީ މިއަހަރުން ފެށިގެން، ރާއްޖޭގެ ހުރިހާ ކޯޓަށް ފޮނުވާ، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރާ ހަމަ ކޮންމެ މައްސަލައެއްގައި، އެމައްސަލައެއްގައި ހުކުމެއް ކުރަން ގާނޫނުގައި ކަނޑައެޅިފައިވަނީ 30 ދުވަހުގެ މައްސަލަ ނިންމަން ޖެހޭނެކަމަށް ބުނާ ވާހަކަ ފަނޑިޔާރުންގެ ސަމާލުކަމަށް ގެނައުމަށް ފޮނުވާ ސިޓީތަކަކީ އޮޓޮމެޓިކުން ފޮނުވާ ސިޓީތަކެއް ކަމަށެވެ،

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން މީސްމީހުންގެ ފުރާނަ އާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭގޮތަށް، ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް، ތޫނު އެއްޗެއްސާއި ހަތިޔާރު ފަދަ ތަކެތި ގެންގުޅުމާއި، މީސްމީހުންނަށް ބިރުދައްކައި، އިންޒާރުދީ ހެދުމުގެ މައްސަލައެއް ޕީޖީ އޮފީހަށް ހުށަހެޅޭތާ 15 ދުވަހުގެ ތެރޭގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމުންމަށް ވެސް ގާނޫނުން ވަނީ ލާޒިމްކޮށްފަ އެވެ.

މިބާވަތުގެ މައްސަލަތަކުގެ ނުރައްކާތެރިކަމުންނާއި، އެމައްސަލަތައް ތަހުގީގުކޮށް ދައުވާކޮށް، ޝަރީޢަތް ކުރުމުގައި ހުންނާނެ ގޮންޖެހުންތަކަށާއި، މިމައްސަލަތައް އަވަހަށް ނިންމުމުގެ މުހިންމުކަމުގެ މައްޗަށް ރިއާޔަތްކޮށް، މި ގާނޫނު ފާސް ކުރިއިރު، ރައްޔިތުންގެ މަޖިލީހުން ތަފާތު އުސޫލުތަކެއް ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި، މިބާވަތުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ ހަނުހުރުމުގެ ހައްގު ވެސް ވަނީ ހަނިކޮށްފައިވެއެވެ

ތަހުގީގު މަރްހަލާގައި ބަންދުގައި ބަހައްޓައި، ގާނޫނީ ވަކީލާއެކު ދައްކާ ވާހަކަ ވެސް 96 ގަޑިއިރުގެ މުއްދަތަށް ހިންގަން ވާނީ ފުލުހުންގެ ހާޒިރުގައިކަމަށް އެގާނޫނުގައި ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް