ads
ރަައީސްގެ ބައްދަވުވުމަށް ގައްދޫ ކައުންސިލަރުން ނުދިޔުމުން ރައީސް މުއިއްޒުގެ ނުރުހުން
ރައީސް ޑރ. މުހައްމަދު މުއިއްޒު ގދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގދ ގައްދޫއަށް ވަޑައިގަތުމުން އެރަށު ކައުންސިލުން އެއްބާރުލުން ނުދީ ޖަލްސާ ބޮއިކޮޓްކޮށްފިއެވެ.
Advertisement

ދެކުނުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް މުއިއްޒު ގައްދޫއަށް ވަޑައިގަތީ މިއަދު ހެނދުނުއެވެ. އެރަށަށް ވަޑައިގެން ރައީސް ރައްޔިތުންނާއި ބައްދަލުކުރެއްވުން އޮތީ ގދ އަތޮޅު މަދަރުސާގައެވެ. މި ބައްދަލުވުމަށް ރައްޔިތުން ނުކުތުމަށް ގޮވާލާ ގައްދޫ ކައުންސިލުން ކުރި އިއުލާންކޮށް ގެޒެޓްގައިވެސް ވަނީ ޖަހާފައެވެ. 

your imageރައީސް ވަޑައިގަންނަވާތީ ބައްދަވުމަށް ނުކުތުމަށް ގޮވާލި އިއުލާން 

 ރަށު ރައްޔިތުންނާއި ބައްދަލުކުރައްވަމުން ގދ. ގައްދޫގައި ކައުންސިލަރުންގެ އެއްބާރުލުން ނުލިބުނުކަން ފާހަގަކުރައްވާ އެކަމުގެ ހިތްހަމަނުޖެހުން ވަނީ ފާޅުކުރައްވާފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ބައިވެރިވި ޖަލްސާގައި ފުރަތަމަ ވާހަކަދައްކަންވެސް އޮތީ ރަށު ކައުންސިލްގެ ރައީސްކަމަށެވެ. އަދި އެކަން އެޖެންޑާކުރަނީވެސް ކައުންސިލްގެ މަޝްވަރާ ހޯދުމަށްފަހުކަން ރައީސް ފާހަގަކުރެއްވިއެވެ. 

" މިރަށުން މި ފެންނަ މަންޒަރާއި މެދު ހިތާމަކުރަން. މިއަދުގެ އެޖެންޑާގައި ކައުންސިލުން މިތަނުން ރެޕްރެޒެންޓެއް ނުވި. ފަހު ވަގުތު ހާޒީރުވެޑައި ނުގެން. ދެން ނައިބު ރައީސްވެސް ހާޒިރެއް ނުވި. ސިޔާސީ ހިދުމަތްކުރުމުގައި ސިޔާސީކަން އެއް ފަރާތްކޮށްފައި ރައްޔިތުން އިސްކުރަން ޖެހޭނީ. އަޅުގަނަޑު މިތަނަށް މި އަންނަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަން ފާހަގަކޮށްލީ ކުރިމަތީގައި ކުރިޔަށް އިންތިހާބެއް އޮވެ ރައްޔިތުން އަތަށް ވޯޓް ކަރުދާސްކޮޅެއް އަންނާނެތީކަމަށެވެ.

"އިންތިހާބަކީ މިކަހަލަ ކަންކަމުން ތަޖުރިބާ ހޯދައިގެން ރައްޔިތުންގެ ހައްގު މަސައްކަތް ކުރާނެ މީހުން މަޖިލީހަށް ވިޔަސް ކައުންސިލަކަށް ވިޔަސް ސަރުކާރަކަށްވިޔަސް ހޮވަންޖެހޭ އިންތިހާބުތައް. ރައްޔިތުންގެ ޒިންމާ އަދާކުރަން ޖެހޭނީ.." ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅުގައި ހުރިހާ ކައުންސިލުންވެސް އެމަނިކުފާނާ ބައްދަލުކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ސަރުކާރާއި ހިޔާލު ތަފާތު އެމްޑީޕީގެ ކައުންސިލަރުންވެސް ބައްދަލުވުންތަކުގައި ބައިވެރިވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް