ads
ރައީސް ޑރ. މުއިއްޒު ގދ. ގައްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ގައްދޫ އާއި މާވަރުލު އެއާޕޯޓް އެއްގަމު މަގުން ގުޅާލަނީ
ގދ. ގައްދޫ އާއި އެ ރަށް ކައިރީގައި އޮންނަ މާވަރުލު އެއާޕޯޓް އެއްގަމު މަގުން ގުޅުވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު ގދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގައްދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މާވަރުލު އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި އެބައޮއިތް ކަމަށެވެ. އަދި އެ މަސައްކަތްތަކަކީ ގައްދޫ އާއި ސަރަހައްދުގެ އެހެން ރަށް ރަށުގެ ތަރައްގީއަށް ވެސް މުހިއްމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މާވަރުލު އާޕޯޓްގެ ތަރައްގީއަށް ކުރަން ހުރި ހުރިހާ މަސައްކަތެއް ވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެ އެއާޕޯޓާއި ގައްދޫ އެއްގަމު މަގުން ގުޅުވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެ އެއާޕޯޓާ މިރަށާ އެއްގަމުން ގުޅާލަދޭނެ ވާހަކަ ދަންނަވަން، އެކަން ކުރުމަށްޓަކައި ބަޖެޓުން ޖާގަ ހޯދަން ޖެހޭތީ ވަގުތުކޮޅެއް ނަގާފާނެ، އެހެންނަމަވެސް އެ އިނތިޒާރަށް ނިމުމެއް ގެނެސްދޭނަން." ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން އެއާޕޯޓަށް ޖައްސާ ފްލައިޓްތައް އިތުރުކުރެވޭނީ އަތޮޅުގެ ފަތުރުވެރިކަން ފުޅާ ކޮށްގެން ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ. އެކަން ހާސިލް ކުރުމަށްޓަކައި އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްގީކޮށް ހުޅުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ ގައްދޫ ރައްޔިތުންގެ ގެދޮރުވެރިކަމާ ގުޅިފައިވާ ބިން ހިއްކުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން އެ މަޝްރޫއު ކުރިއަށް ގެންގޮސް، އެކަން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް