ads
އެމްޑީޕީ ހަވާލުވިއިރުވެސް ބިލިއަނުން ބިލް ހުރި، އެވާހަކަތަކެއް ނުގޮވަން: އަމީރު
އެމްޑީޕީ ވެރިކަމާއި ހަވާލުވިއިރުވެސް އެތައް ބިލިއަން ރުފިޔާގެ ބިލުތައް ނުދައްކާ ހުރި ކަމަށާއި، ސަރުކާރުން ކުރިޔަށްދިޔައީ އެވާހަކަތައް އިރުއިރު ކޮޅާ ނުދައްކާކަމަށް ވިދާޅުވެ ރައީސް މުިއއްޒު ދެއްކެވި ވާހަކަތަކަށް ކުރީފެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ރައްދުދެއްވައިފިެއެވެ.
Advertisement

އަމީރު މިހެން ވިދާޅުވެފައި މިވަނީ ގދ. ފަރެސްމަތޮޑާއަށް ރައީސް މުއިއްޒު އިއްޔެ ވަޑައިގެން ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެންނެވެ. ފަރެސްމާތޮޑާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެޑައިގެން އިރު ދިވެހިން ކުންފުނިތަކަށް ކުރީ ސަރުކާރުން ނުދައްކާ 9 ބިލިއަން ރުފިޔާ އޮތްކަމަށެވެ. އަދި ބޭރުގެ ދަރަނީގެ ގޮތުގައި 120 ބިލިއަން ރުފިޔާ ހުރިކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ރައީސް މުއިއްޒުގެ މި ވާހަކަތަކުގެ ވީޑިއޯ ކޮޅެއް ރީޕޯސްޓްކުރައްވާ އަމީރު ވިދާޅުވީ 2023ވަނަ އަހަރު ނިމުނުއިރު ދަޢުލަތުގެ ބޭރުގެ ދަރަނީގެ ޖުމްލައަކީ 51.1 ބިލިއަން ރުފިޔާކަމަށެވެ. މި 51 ބިލިއަން އަކީ ސިދާ ދައުލަތުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ 37.3 ބިލިއަން ރުފިޔާގެ އިތުރުން ދަޢުލަތުން ސޮވްރިންގ ގެރެންޓީދީގެން ނަގާފައިވާ 13.7 ބިލިއަން ރުފިޔާ ހިމެނޭހެން ޖުމްލަ އަދަދުކަމަށްވެސް އަމީރު ވިދާޅުވިއެވެ. 

އަދި މިދިޔަ ސަރުކާތު ހަވާލުވިއިރުވެސް އެތައް ބިލިއަން ރުފިޔާގެ ބިލް ޕޭ ނުކޮށް ހުރިކަމަށާއި އެވާހަކަތައް އޭރު ކޮންމެ މިނިސްޓްރީއަކުން ދައްކާފައި ނުވާކަމަށެވެ.

"ސަރުކާރުތައް ބަދަލުވިޔަސް މި ޤައުމު ނުހުއްޓި ކުރިޔަށް ދާނެ. 2018 ވަނަ އަހަރު ސަރުކާރު ބަދަލުވިއިރުވެސް އެތައް ބިލިއަން ރުފިޔާގެ ބިލް ޕޭ ކުރަން ހުރި. އަޅުގަނޑުމެން އޭރު ކޮންމެ މިނިސްޓްރީއަކުން އެ ވާހަކަ ދައްކާ ނަހަދަން. ތިޔަށްވުރެ ޒިންމާދާރުވާންޖެހޭ." އަމީރު އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

ފަރެސްމާތޮޑާ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މާލީ ހާކަތު މިވަގުތު އޮތްގޮތުން ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ހަރަދުތައް ނޫނީ ނުކުރަން އަންގަވާފައިވާކަމަށެވެ. ދައުލަތުން ދިވެހި ކުންފުނިތަކާއި އާއްމު ފަރުދުންނަށް ދައްކަންޖެހޭ 9 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތްކަމަށާއ އެ ފައިސާތައް މިސަރުކާރު ދައްކަމުން ގެންދަވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް