ads
ދިވެހި ރެޑް ކްރެސެންޓުގެ އިނިޝިއޭޓިވްއެއްގައި ބީއެމްއެލުން ބައިވެރިވެއްޖެ
ދިވެހި ރެޑް ކުރެސެންޓުގެ "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް"ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިވެރި ވެއްޖެ އެވެ.

ބީއެމްއެލްއިން ބުނީ މިކަމުގައި އެ ކުންފުނިން ބައިވެރިވުމުން ކާރިސާތަކާއި އާންމު ހާލަތްތަކުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތިބި އެހީ ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ރެޑް ކްރެސެންޓުން ހިންގާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފަސޭހަ ވެގެން ދާނެކަމަށެވެ.

ރެޑް ކުރެސެންޓުން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ތެރޭގައި ފުރަތަމަ އެހީ، ނަފްސާނީ، އަދި އިޖުތިމާއީ އެހީތެރިކަން ފޯރު ކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ ތަފާތު މަސައްކަތްތައް ކުރުން ހިމެނެއެވެ.

ބީއެމްއެލް އާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓުގެ ޔުނިޓްތައް އިތުރަށް ތަރައްގީ ކުރުމަށް ވެސް މަގުފަހިވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނާޒުކު ހާލަތްތަކުގައި ތިބޭ އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން އެ ބީއެމްއެލް އިން އަންނަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ

ބީއެމްއެލްއިން މިކަމުގައި ބައިވެރިވުމާއި އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުން އަންނަ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް އިތުރަށް ތަރައްގީ ކުރުމަށް ވެސް މަގުފަހިވާނެ ކަމަށް ރެޑް ކްރަސަންޓުން ބުނެއެވެ. 

.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް