ads
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުނުކޮށް ލަސްކުރާ މައްސަލަ މަޖިލިހަށް
ފުލުހުންނާއި ސިފަިއންގެ މުސާރަ ބޮޑުކުރުން ލަސް ކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން މައްސަލައެއް ހުށަހަޅައިފި އެވެ.
Advertisement

މި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ ފަރާތުން ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ. މައްސަލަ މަޖިލީހުން ބަލައިގެންފައި ވަނީ 22 މެންބަރުންގެ ވޯޓާ އެކުގައި އެވެ.

މިދިޔަ ސަރުކާރުން ފުލުހުން އަދި ސިފައިންގެ މުސާރަ މި އަހަރުގެ ޖެނުވަރީ މަހު ބޮޑު ކުރަން ނިންމާ އޭގެ އޮނިގަނޑުތަކެއް ހާމަކުރި ނަމަވެސް ޕޭ ކޮމިޝަނުން އެ ދެ އިދާރާގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނަން ނިންމާފައިވަނީ މި އަހަރުގެ މާޗު މަހު ވަނީ އިއުލާންކޮށްފައެވެ. 

ދެ އިދާރާގެ މުސާރަ ބޮޑުނުކުރެވިގެން އުޅެނީ ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން ކަމަށް ޕޭ ކޮމިޝަނުން ބުނެފައިވާ ކަމަށާއި ސިފައިންނާ ފުލުހުންގެ މުސާރަ ބޮޑުކުރެވެން އަންނަނީ މި އަހަރުގެ މާޗު މަހާ ހަމަޔަށް ދައުލަތުގެ މާލީ ހާލަތު ރަނގަޅުވުމުންކަން ޕޭ ކޮމިޝަން އިން ބުނެފައިވާ ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުނުކުރެވި ދިގުލައިގެންދާތީ އެ ދެ އިދާރާގެ އިތުބާރު ސަރުކާރަށް ގެއްލިދާނެކަމުގެ ކަންބޮޑުވުން ވެސް މިއަދު ހުށަހެޅި މައްސަލައިގައި ވަނީ ފާޅުކޮށްފައެވެ.

ރައީސް ޑރ. މުއިއްޒު ވިއުދުވެވަޑައިގެންފައި ވަނީ އެ ދެ އިދާރާގެ މުސާރަ 2 ގުނައަށް ބޮޑުކޮށް ދޭނެ ކަމުގަ އެވެ. 

  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް