މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިއަދު އަހަރަކު ފަސް ކުދިންނަށް އެހީވެދޭނެ އެވެ. އެއިން ކޮންމެ ކުއްޖަކަށް އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރުނުވާނެ ގޮތަކަށް އެހީވާނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކު 10 ކުދިންނަށް އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށާއި 5 އަހަރުގެ ތެރޭގައި 50 ކުދިންނަށް ޖުމްލަ 50 މިލިއަން ރުފިޔާ ހަރަދު ކުރެވޭނެ ކަމުގަ އެވެ.
އެމްއޯޔޫގައި ސޮއި ކުރުމުގެ ތެރެއިން
ބޯންމެރޯ ހެއްދުމަށް އެހީ ދިނުމާބެހޭ ގޮތުން ދެ މިނިސްޓްރީގެ ދެމެދުގައިވި އެއްބަސްވުމުގައި ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ޝުޖާޢު އަބްދުލްހަކީމް އާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޝިރުނާ އެވެ.