ads
މޯލްޑިވިއަންއިން ސާފްބޯޑް އުފުލުމަށް ނަގާ ފީ ކުޑަކޮށްދޭނަން: ރައީސް
މޯލްޑިވިއަންގެ ބޯޓުތަކުން ސާފްބޯޑް އުފުލުމަށް ނަގާ ފީ ކުޑަކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ގދ. ގައްދޫ އަހްމަދު ރަޝީދު ކުރި ސުވާލަކަަށް "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ ތެރެއިން ޖަވާބު ދެއްވަމުންނެވެ. ރަޝީދު ސުވާލު ކޮށްފައިވަނީ މޯލްޑިވިއަންގެ ބޯޓުތަކުން ސާފްބޯޑް އުފުލުމަށް ނަގާ ފީ އިންތިހާއަށް ބޮޑުވެފައިވާތީ އެކަމަށް ހޯދައިދެވޭނެ ހައްލަކާ ބެހޭގޮތުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ގައްދޫ އަކީ ސާފިން ޓޫރިޒަމްގައި ނުހަނު ކުރިއަރާފައިވާ ރަށަކަށް ވާއިރު، ސާފް ބޯޑު އުފުލުމުގެ ދަތިތައް ވަރަށް ބޮޑުވެފައިވާ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ.

އެހެންކަމުން އެކަމަށް މޯލްޑިވިއަންއިން ޗާޖްކުރަމުންދާ ބޮޑު އަގު ކުޑަ ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑު އެކަމާ ވާހަކަ ދައްކައިގެން އިރާދަކުރެއްވިއްޔާ އެއަށް ރަނގަޅު ހައްލެއް ގެނެސްދޭނަން، އިނގޭތޯ، އަގު ކުޑަކޮށްދޭނަން އިރާދަކުރެއްވިއްޔާ ހަމަ ވީހާވެސް ބޮޑަކަށް." ރައީސް ވިދާޅުވި އެވެ.

ރައީީސްގެ ޖަވާބުގެ ނަމުގައި ރައީީސް އޮފީހުން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ރައީސް ޑރ. މުއިއްޒު ގެންދަވަނީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް