އެމްޑީޕީގެ ކެމްޕެއިން ތަރުޖަމާނަކަށް އީސަ ހަމަޖެއްސިކަން އެ ޕާޓީން ވަނީ "އެކްސް"ގައި ކުރި ޕޯސްޓެއްގައި އިއުލާންކޮށްފައެވެ.
ކުރިއަށް އޮތް އިންތިހާބުގައި އީސަ ވަނީ ވާދަ ނުކުރަން ނިންމާފައެވެ.
އެމްޑީޕީގެ ފަރާތުން މަޖިލިސް އިންތިހާބުގައި 89 ދާއިރާއަކަށް ވާދަ ކުރެ އެވެ.
އެމްޑީޕީން ވަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުން 65 ގޮޑި ކާމިބުކޮށް، ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ޕާޓީއަކަށް ވެފައެވެ.