ads
ބްރޯޑްކޮމް މެމްބަރުކަމަށް ނުޒުހާ އައްޔަންކުރަން ފާސްކޮށްފި
ބްރޯޑްކޮމް މެމްބަރުކަމަށް ނުޒްހާ އައްޔަންކުރަންް މަޖިލީހުން ފާސްކޮށްފި އެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި އައިޝަތު ނުޒްހާ ބްރޯޑްކޮމަށް އައްޔަންކުރަން މަޖިލީހުން ފާސްކުރީ މިއަދު އެވެ.

ނުޒްހާ ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަން ކުރަން ނެގި ވޯޓުގައި ބައިވެރިވި 57 މެމްބަރުންގެ ތެރެއިން 34 މެމްބަރުން ވަނީ ފެންނަ ކަމަށް ވޯޓް ދީފައެވެ. 

ނުޒްހާ އައްޔަންކުރަން ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓުދީފައިނުވާ އިރު ވޯޓުގައި ބައިވެރިނުވާ 23 މެމްބަރަކު މަޖިލީހުގައި ތިއްބެވެ.

ނުޒްހާއަކީ ރާއްޖެ ޓީވީގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރެއްވި އެ ޗެނަލްގެ ޑެޕިއުޓީ އެޑިޓަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް