ads
އާރްޓީއެލް ހިދުމަތައް ބޭނުންކުރާ ބަހެއް
ސައިކަލެއް، ބަހަކާ ކާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ލައިސެންސް ނެތް ޒުވާނަކު ދުއްވި ސައިކަލެއް ކާރަކާ ބަހެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓު ހިނގީ، ބޮޑުތަކުރުފާނު މަގުގެ ހުޅަނގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ސްޓެލްކޯ ބަސް ސްޓޮޕް ކައިރީގައި އޮތް އެމްޓީސީސީ ބަހެއްގެ ފަހަތުގައި ޖެހިފައި ކަމަށެވެ. 

ބަހުގެ ފަހަތުގައި ޖެހި، އެ މަގުގެ އަނެއް ފަރާތުގައި އޮތް ކާރެއްގައި ވެސް އެ ސައިކަލު ޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

މިރޭ 8:00ހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ޒުވާނަކަށް ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަނިޔާވި ޒުވާނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސެންސް ނޯންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުގައި އިތުރު މީހަކަށް އަނިޔާވި ކަމަކަށް ފުލުހުން ނުބުނެ އެވެ. ނަމަވެސް، އެ އެކްސިޑެންޓުގައި ސައިިކަލު ޖެހުނު ބަހާއި، ކާރަށް އެކި ވަރުގެ ގެއްލުންތައް ވެފައިވާއިރު، ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް