ބަޔާން މިއުނިކްގެ ކޯޗުކަމުގެ މަގާމުން ޓުޗެލް ވަކިކުރަން ނިންމި ހަބަރު އާއްމުވެފައިވާއިރު، އޭނާ މަގާމުން ވަކިކުރާނީ މި ސީޒަން ނިމުމުންނެވެ.
ޓުޗެލް ވަކިކުރަން ނިންމިއިރު، ބެޔާން މިއުނިކް އެންމެ ފަހުން ކުޅުނު ތިން މެޗުންވެސްވަނީ ބަލިވެފައެވެ.
ބަޔާން މިއުނިކްގެ ކޯޗު ހޫލިއަން ނާގަލްސްމަން މަގާމުން ވަކިކުރުމަށް ފަހު، ޗެލްސީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް އައްޔަން ކުރީ މިދިޔަ އަހަރުގެ މާރިޗު މަހުއެވެ.
ޖަރުމަނުގެ ޑޯޓްމަންޑަށްވެސް ކުރިން ކޯޗުކޮށްދިން ޓުޗެލް ވަނީ ޗެލްސީ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. ޕީއެސްޖީ އަށް ވެސް ކުރިން އޭނާ ކޯޗުކޮށްދިނެވެ.