މި މަސައްކަތް ހަވާލުކޮށްފައިވަނީ ޖަރުމަުގެ ކުންފުންޏެއްކަމަށްވާ ބީސިކްސް ގްރޫޕާއއެވެ. މި ކުންފުންނަކީ ދުނިޔޭގައި މިހާރު ހުރި އެންމެ އުސް އިމާރާތް ކަމަށްވާ ބްރުޖު ހަލީފާ ހެދި ކުންފުނިކަމަށް ސަރުކާރުން ބުނެއެވެ.
ވިލިގިނލީގެ އެއާޕޯޓްގެ ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ދެކުނަށް ކުރައްވާ ދަތުރުގައި މިއަދު އެރަށް ވަޑާއިގެންނެވެ.
މި މަޝްރޫއުގެ އަގަކީ 800 މިލިއަން ޑޮލަރެވެ. މި މަޝްރޫއުގެ ތެރެއިން ގއ. ވިލިނގިއްޔާއި އެއާޕޯޓް ގުޅާލާނީ ކޯޒްވޭއަކުންނެވެ. މި މަޝްރޫއުގެ ދަށޫން ހެދޭ ރިސޯޓްތަކާއި އެކު 5000 އެނދު އިތުރުވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.
މަޝްރޫއުގައި ހިމެނޭކަންކަން
ވިލިގިނލީ އެއާޕޯޓްގެ ހެދުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބުއެވެ.