ads
އާސެނަލްގެ ކޯޗު އާޓެޓާ
ޗެމްޕިއަންސް ލީގު، އާސެނަލްއަށް ހިތްދަތި ބައްޔެއް
ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރޭ ޕޯޓޯ އަތުން ފަހު ވަގުތު އާސެނަލް ބަލިވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގައި އާސެނަލް ރޭ ރަށުން ބޭރުގައި ބަލިވީ އެއް ލަނޑު ސުން ލަނޑުންނެވެ. އާސެނަލް ކޮޅަށް ޕޯޓޯ އިން މި މެޗުގައި ލަނޑު ޖެހީ، އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، ޖަލޭނޯ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމަށްޓަކައި، އާސެނަލްއަށް މިހާރު އޮތީ އޮތީ ދިގުމަގެކެވެ. އެއީ އަންނަ މަހުގެ 12 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗުން ނަތީޖާ އަނބުރާލުމެވެ. ރޭގެ މެޗުން ބަލިވުމާ އެކު، އާސެނަލުން ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑަށް އަށް މެޗަށް ފަހު ނިމުން އައީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް